logo

މަރަދޫ ގެއެއްގެ ގުދަނެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި ވަރަށް ބޮޑަށް އަނދައިފި

profile

އައިޝަތު އިނާޝާ - 23 ސެޕްޓެމްބަރު 2024 - 11:50

އެތުމާގޭގައި ރޯވެ އަނދަނީ - ފޮޓޯ: އެމްއެންޑީއެފް

އެތުމާގޭގައި ރޯވެ އަނދަނީ - ފޮޓޯ: އެމްއެންޑީއެފް

އައްޑޫ ސިޓީ މަރަދޫގައި ގެޔެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި ބޭނުން ނުކުރެވޭ ވަރަށް އަދައިފިއެވެ.

މި ހާދިސާ ހިނގާފައިވަނީ މަރަދޫ އެތުމާގޭގައެވެ.

އެމްއެންޑީއެފްއިން ބުނީ މިހާދިސާގެ ރިޕޯޓް ހިތަދޫ ފަޔަރ ސްޓޭޝަނަށް ކޮށްފައިވަނީ ރޭ ފަތިހު 05:46 ހާއިރު ކަމަށެވެ. ރިޕޯޓު، ލިބުމާއެކު ފަޔަރ ސްޓޭޝަނުގެ ފަޔަރ ފައިޓަރުން ވަނީ އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ކޮށްފައެވެ. އެގޮތުން، ފަޔަރ ފައިޓަރުން ކުރި މަސައްކަތުން އަލިފާން ނިއްވާލެވުނީ މިއަދު 06:45 ހާއިރުއިރު ކަމަށް އެމްއެންޑީއެފުން މައުލޫމާތު ދެއެވެ.

އެމްއެންޑީއެފުން ބުނީ އަލިފާން ރޯވީ އެ ގޭގައި ވިޔަފާރިކުރުމަށް ހަދާފައިވާ ގާޑިޔަލެއްގެ އިތުރުން އެއާ އިންވެގެން ހުރި ގުދަނެއްގައި ކަމަށެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިނުވާ ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ. އެހެންނަމަވެސް އަލިފާން ކޮންޓްރޯލްއިރު އެ ތަންވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދާފައެވެ.

https://wamco.com.mv/
tel:+9607331319