އިކޮނޮމިކް މިނިސްޓްރީން އޮޑިޓަރުންނަށް ހާއްސަ ޕްރޮގްރާމެއް ފެށުމަށް ތައްޔާރު ވެއްޖެއެވެ.
ދަ ސްޓޭޓް އިންޓަރނަލް އޮޑިޓު ސީ.ޕީ.ޑީ ޕްރޮގުރާމްގެ ސެޝަންތައް ފެށުމަށް ހަމަޖެހިފައިވަނީ 30 ސެޕްޓެންބަރު 2024 ވާ ހޯމަ ދުވަހުއެވެ.
އިކޮނޮމިކް މިނިސްޓްރީން ބުނިގޮތުގައި މި ޕްރޮގުރާމަކީ ދައުލަތުގެ އިންޓަރނަލް އޮޑިޓަރުންގެ ޕްރޮފެޝަނަލް ޑިވެލޮޕްމަންޓަށް ފަރުމާކުރެވިފައިވާ ޚާއްޞަ ޕްރޮގުރާމެކެވެ.
މި ޕްރޮގުރާމުގެ މަޤްޞަދަކީ އޮޑިޓަރުންގެ މަޢުލޫމާތާއި ހުނަރުތައް އިތުރުކޮށް، އެންމެ ފަހުގެ މިންގަނޑުތަކާއި، ގަވާއިދުތަކާއި ޕްރެކްޓިސްތަކަށް އަހުލުވެރިވުން ކަމަށް މިނިސްޓްރީން ބުނެއެވެ.
މީގެ އިތުރުން، އޮޑިޓަރުންގެ 'ނޮލެޖު ގެޕް' ފޫބައްދައި، ދައުލަތުގެ އިންޓަރނަލް އޮޑިތުގެ މަސައްކަތްތައް މިހާރަށްވުރެ ހަރުދަނާވެގެން ދިއުމަކީވެސް މި ޕްރޮގުރާމުގެ މަޤްޞަދެއް ކަމަށް އިކޮނޮމިކް މިނިސްޓްރީން ވަނީ ބުނެފައެވެ.
މި ޕްރޮގުރާމުގެ ސެޝަންތައް ފެށޭނީ 30 ސެޕްޓެންބަރު 2024 ވާ ހޯމަ ދުވަހު ކަމަށް މިނިސްޓްރީން މައުލޫމާތު ދެއެވެ.