logo

ފެންވަރު ރަނގަޅު ބޭސް އެތެރެކުރުމަށް ޕާކިސްތާނުގެ މަޝްހޫރު ކުންފުންޏަކާއެކު އެއްބަސްވުމެއް ގާއިމުކޮށްފި

profile

މުޙައްމަދު ފަޟްލޫން - 03 ސެޕްޓެމްބަރު 2026 - 07:48

ދިވެހިރާއްޖެއަށް ފެންވަރު ރަނގަޅު ބޭހުގެ ބާވަތްތައް މެދުކެނޑުމެއްނެތި ފޯރުކޮށްދިނުމުގެ ނިޒާމު އިތުރަށް ހަރުދަނާކުރުމަށްޓަކައި، ސްޓޭޓް ފާމާއާއި ޕާކިސްތާނުގެ ހިރާނިސް ފާމަސޫޓިކަލްސް ޕްރައިވެޓް ލިމިޓެޑާ ދެމެދު ޑިސްޓްރިބިއުޓަޝިޕް އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

https://wamco.com.mv/

ސްޓޭޓް ފާމާއިން ހާމަކުރި ގޮތުގައި، މިއީ އެ ކުންފުނީގެ ބައިނަލްއަގުވާމީ ސަޕްލަޔަރުންގެ ވިއުގަ ފުޅާކޮށް ވަރުގަދަކުރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.

މި އެއްބަސްވުމުގެ ސަބަބުން، އިތުބާރުހުރި ގޮތެއްގައި ބޭސް ސަޕްލައިކުރުމަށް އެ ކުންފުނިން ކުރަމުންދާ މަސައްކަތްތަކަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށްވެސް އެ ފަރާތުން ފާހަގަކުރެއެވެ.

މި އެއްބަސްވުމުގެ މައިގަނޑު މަގުސަދަކީ ރާއްޖޭގެ ހުރިހާ ކަންކޮޅުތަކަކަށްވެސް ފެންވަރު ރަނގަޅު، ރައްކާތެރި ބޭސް ފަސޭހަކަމާއެކު ލިބޭނެ އިންތިޒާމު ހަމަޖެއްސުމާއި، ދެމެހެއްޓެނިވި ގޮތެއްގައި ދަތިކަމެއްނެތި ބޭސް ފޯރުކޮށްދިނުން ކަމުގައި ސްޓޭޓް ފާމާއިން ބުނެފައިވެއެވެ.

ހިރާނިސް ފާމަސޫޓިކަލްސް ޕްރައިވެޓް ލިމިޓެޑަކީ ބައިނަލްއަގުވާމީ ފެންވަރުގައި ފާހަގަކޮށްލެވޭ ކާމިޔާބީތަކެއް ހޯދަމުން އަންނަ، ޕާކިސްތާނުގެ ނަންވިދާ ބޭސް އުފައްދާ ކުންފުންޏެކެވެ.

ވިޔަފާރީގެ ތަފާސްހިސާބުތަކަށް ބަލާއިރު، ރާއްޖެއާއި ފިލިޕީންސް އަދި އަފްޣާނިސްތާން ހިމެނޭ ގޮތަށް އޭޝިއާގެ ގިނަ ގައުމުތަކަށާއި ދުނިޔޭގެ އެކި ކަންކޮޅުތަކަށް މި ކުންފުނީގެ އުފެއްދުންތައް އަންނަނީ ފުޅާ ދާއިރާއެއްގައި ފޯރުކޮށްދެމުންނެވެ.

https://wamco.com.mv/
tel:+9607331319