ޕާކުކޮށްފައި އޮތް ކާރެއްގައި ޖެއްސުމަށްފަހު ފިލި މީހާ ހައްޔަރުކުރި އިރު އަތުގައި ހުރީ މަސްތުވާތަކެތި: ފުލުހުން

ރިޟްވާން މޫސާ - 16 ސެޕްޓެމްބަރު 2026 - 08:08
ހުޅުމާލޭ ފޭސް2 ގައި ޕާކުކޮށްފައި އޮތް އުޅަނދެއްގައި ޖެއްސުމަށްފަހު ފިލި މީހަކު ހޯދައި އެމީހާ ފުލުހުން ހައްޔަރުކޮށްފި އެވެ.
މި ހާދިސާ އަކީ 2026 ސެޕްޓެމްބަރު 14 ވަނަ ދުވަހުގެ ރޭ 19:10 އެހައިކަންހާއިރު ހުޅުމާލެ ފޭސް 2، ބެރެބެދިމާ ހިނގުމުގައި ޕާކުކޮށްފައި އޮތް ކާރެއްގައި އުޅަނދަކުން ޖެހުމުންވެސް މަޑުނުކޮށް ގޮސްފައިވާ މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވާ މައްސަލަ އެކެވެ.
މި މައްސަލައާ ގުޅިގެން ފުލުހުން ކުރި މަސައްކަތުން އެމީހާ ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ގެނެސްފަ އެވެ. އަދި އޭނާ މަސްތުގެ ހާލަތުގައި ހުރިކަމަށް ތުހުމަތު ކުރެވުމާ ގުޅިގެން ދުއްވި އުޅަނދު ބަލައި ފާސްކުރި އިރު، ބަނގުރާ ހުރި ދަޅަކާއި ބަނގުރާ ހުސްކުރި ދެ ދަޅު ފެނިފައިވެއެވެ.
މި މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަަށަށް ގެނެސްފައިވަނީ ނެސްޓް / ލ.ކަލައިދޫ އުމުރުން 26 އަހަރުގެ ޣުފްރާން ޚާލިދު އެވެ. އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 10 ދުވަހުގެ މުއްދަތަށް ބަންދު ކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.
ގުޅުން ހުރި ޙަބަރުތައް

ހުޅުމާލޭގައި ހިނގި އެކްސިޑެންޓުގައި އަނިޔާވި މީހާ ފަރުވާދެނިކޮށް ނިޔާވެއްޖެ!
3 ގަޑިއިރު ކުރިން

ޕީއެންސީގެ މަތީ މަޖިލިސް އިފްތިތާޙީ ޖަލްސާގައި ރައީސް ނަޝީދު ބައިވެރިވެވަޑައިގެންފި
17 ގަޑިއިރު ކުރިން

އަބްދުއްރަޙްމާން އަލް މުރްޝިދު، ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް އިހްތިރާމްގެ ޒިޔާރަތެއް ކުރައްވައިފި
ދުވަހެއް ކުރިން

ހިމަބިހި ޖެހުނު މީހުންގެ އަދަދު 269 އަށް އަރައިފި: އެޗްޕީއޭ
ދުވަހެއް ކުރިން


