
ހިމަބިހި ޖެހުނު މީހުންގެ އަދަދު 269 އަށް އަރައިފި: އެޗްޕީއޭ

މުޙައްމަދު ފަޟްލޫން - 15 ސެޕްޓެމްބަރު 2026 - 12:48
މިދިޔަ ހަފުތާގައި އިތުރު ފަސް މީހަކު ހިމަބިއްސަށް ޕޮޒިޓިވްވެ، މި ބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދު 269 އަށް އަރާފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފިއެވެ.
ރާއްޖެއިން މީގެ ނުވަ އަހަރު ކުރިން މުޅިން ނައްތާލެވިފައިވާ މި ބަލި، އަލުން ފެންނަން ފަށާފައިވަނީ މިދިޔަ ޖޫން މަހުގެ ތެރޭގައެވެ. އަދި އޭގެ ފަހުން ބަލި ޖެހޭ މީހުންގެ ނިސްބަތް އަންނަނީ އިތުރުވަމުންނެވެ.
ހިމަބިހި ފެތުރުން ހުއްޓުވުމަށްޓަކައި ކަމާބެހޭ މުއައްސަސާތަކުން ގިނަ ފިޔަވަޅުތަކެއް އަޅަމުންދާއިރު، ސަރުކާރުން ކުރިއަށްގެންދާ ހަރަކާތްތަކަށް އެއްބާރުލުން ދިނުމުގެ ގޮތުން އިންޑިއާ ސަރުކާރުން ވަނީ 20،000 ޑޯޒްގެ ހިމަބިހި ވެކްސިނާއި، ތިން ޓަނުގެ ސިއްހީ އާލާތްތައް ރާއްޖެއަށް ހަދިޔާކޮށްފައެވެ.
ބަލިން ރައްކާތެރިވުމަށް ހިންގާ ވެކްސިން ދިނުމުގެ ކެމްޕޭނުގެ ދަށުން، މިހާތަނަށް 16،368 މީހުންނަށް ވަނީ ވެކްސިން ޖަހައިދީފައެވެ.
ހިމަބިއްސަކީ ޕެރަމިކްސޯ ވައިރަސް އާއިލާގެ މޯބިލިވައިރަސް ގެ ސަބަބުން ޖެހޭ، ވަރަށް ފަސޭހައިން ގައިންގަޔަށް އަރާ ނުރައްކާތެރި ބައްޔެކެވެ.
މި ބަލި އާންމުކޮށް ކުޑަކުދިންގެ މެދުގައި ގިނަ ނަމަވެސް، ކޮންމެ އުމުރެއްގެ މީހަކަށް ވެސް މި ބަލި ޖެހުމުގެ ފުރުސަތު އޮވެއެވެ. އެހެންކަމުން، ބަލިން ރައްކާތެރިވުމުގެ ގޮތުން ވެކްސިންގެ ޑޯޒްތައް ފުރިހަމަކުރުމަށް ސިއްހީ މާހިރުން އިލްތިމާސްކުރަމުންދެއެވެ.
ގުޅުން ހުރި ޙަބަރުތައް

އަބްދުއްރަޙްމާން އަލް މުރްޝިދު، ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް އިހްތިރާމްގެ ޒިޔާރަތެއް ކުރައްވައިފި
2 ގަޑިއިރު ކުރިން

މާލެ ސިޓީ ކައުންސިލާއި މަގޫދޫ ކައުންސިލް ގުޅިގެން މަސައްކަތް ކުރުމަށް މަޝްވަރާކޮށްފި
2 ގަޑިއިރު ކުރިން

ވިލިމާލެ ފަޅުން ޤަވާއިދާ ޚިލާފުވި 11 އުޅަނދެއް ޖޫރިމަނާ ކޮށްފި
2 ގަޑިއިރު ކުރިން

މިސްކިތްތަކުން ވައްކަންކުރާ މީހުންނަށް ޙައްޤު އަދަބު ދިނުމަށް މޭޔަރ ޢާޒިމް ގޮވާލައްވައިފި
2 ގަޑިއިރު ކުރިން


