logo

ޕީއެންސީގެ މަތީ މަޖިލިސް އިފްތިތާޙީ ޖަލްސާގައި ރައީސް ނަޝީދު ބައިވެރިވެވަޑައިގެންފި

profile

އާމިނަތު ޝަޒްލާ - 15 ސެޕްޓެމްބަރު 2026 - 17:43

ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ މަތީ މަޖިލީސް ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް އެ ޕާޓީން އެރުވި ދަޢުވަތު ޤަބޫލުފުޅުކުރައްވައި، ކުރީގެ ރައީސް އަދި ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ޗެއަރޕާސަން މުޙައްމަދު ނަޝީދު މިރޭގެ ޖަލްސާގައި ބައިވެރިވެވަޑައިގެންފިއެވެ.

https://wamco.com.mv/

ރާއްޖޭގެ ސިޔާސީ ޕާޓީއަކުން މިހާތަނަށް އެންމެ ގިނަ ޢަދަދެއްގެ މަންދޫބުންނާއެކު ބާއްވާ ޕީއެންސީގެ ތާރީޚީ ކޮންގްރެސް މިއަދު ފަށާފައިވާއިރު، އެ ޕާޓީގެ މަތީ މަޖިލީސް ހުޅުވުމަށް ބޭއްވި މި ޚާއްޞަ ޖަލްސާ ކުރިއަށްދިޔައީ ސޯޝަލް ސެންޓަރުގައެވެ.

މި ޖަލްސާއަށް ރައީސް ނަޝީދު ވަޑައިގެންނެވުމުން، ޕީއެންސީގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އެމަނިކުފާނަށް ވަރަށް ހޫނު މަރުޙަބާއެއް ދަންނަވައި، އިސްތިޤްބާލު ކުރައްވާފައެވެ.

އާންމު އުޞޫލުން ސިޔާސީ ޕާޓީތަކުގެ ކޮންގްރެސްތަކުގެ ފެށުމުގެ ޖަލްސާތަކަށް އެހެން ޕާޓީތަކުގެ ލީޑަރުންނަށް ދަޢުވަތު އަރުވަމުންދިޔަ ނަމަވެސް، މިރޭގެ ޖަލްސާއިން ފެނިގެންދިޔަ އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ އިދިކޮޅު އަދި އެހެނިހެން ސިޔާސީ ޕާޓީތަކުގެ ލީޑަރުންގެ ތެރެއިން ވަޑައިގެންނެވި ހަމައެކަނި ބޭފުޅަކީ ރައީސް މުޙައްމަދު ނަޝީދު ކަމުގައި ވުމެވެ.

https://wamco.com.mv/
tel:+9607331319