
ވިއްސާރައިގައި ފޭދޫގެ 70 އަށް ވުރެ ގިނަ ގެއަށް ފެންވަދެ ގެއްލުންތަކެއް!

އާމިނަތު ޝަޒްލާ - 12 ސެޕްޓެމްބަރު 2026 - 10:45
އިއްޔެއިން ފެށިގެން ރާއްޖޭގެ އެކި ހިސާބުތަކަށް ކުރަމުންދާ ވިއްސާރައިގައި، މިއަދު ހެނދުނާ ހަމައަށް އައްޑޫ ސިޓީ ފޭދޫގެ 70 އަށް ވުރެ ގިނަ ގެއަކަށް ފެންވަދެ، އެކިވަރުގެ ގެއްލުންތައް ލިބިފައިވާ ކަމަށް ކަމާބެހޭ އިދާރާތަކުން ރިޕޯޓުކޮށްފިއެވެ.
ފެންބޮޑުވުމުގެ ސަބަބުން ދިރިނޫޅެވޭ ވަރަށް ހާލަތު ގޯސްވި އެއް ގެއެއްގައި ދިރިއުޅެމުންދިޔަ އަށް މީހަކު ވަނީ މިހާރު ވަގުތީ ބޯހިޔާވަހިކަމަށް ބަދަލުކޮށްފައެވެ. ފޭދޫގެ އިތުރުން ސ. މަރަދޫގެ ދެ ގެއަކަށް ވެސް ފެންވަދެގެން ރިޕޯޓުކޮށްފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.
އައްޑޫ ސިޓީގެ ރަށްތަކުގެ އިތުރުން ފުވައްމުލައް ސިޓީއާއި ގއ. އަތޮޅު އަދި ގދ. އަތޮޅުގެ އިތުރުން މެދުރާއްޖެތެރޭގެ ބައެއް ރަށްތަކަށް ވެސް މެދުނުކެނޑި ބޯކޮށް ވާރޭ ވެހެމުންދެއެވެ. ހާއްސަކޮށް ފުވައްމުލަކަށް ބޯކޮށް ވާރޭވެހި، އެ ރަށުގެ ބޮޑު ސަރަހައްދެއްގައި ވަނީ ފެންބޮޑުވެފައެވެ.
ފެންބޮޑުވެފައިވާ ރަށްތަކުގައި ފެންހިންދުމުގެ މަސައްކަތް ސިފައިންނާއި ފުލުހުން އަދި ކައުންސިލްތައް ގުޅިގެން ހުއްޓުމެއް ނެތި އަންނަނީ ކުރަމުންނެވެ. އަދި ގެތަކާއި ފިހާރަތަކުގެ އިތުރުން އޮފީސްތަކަށް ފެންވަނުން ހުއްޓުވުމަށްޓަކައި ވެލިބަސްތާ ޖެހުމާއި ރައްކާތެރިކަމުގެ އެހެނިހެން ފިޔަވަޅުތައް ވެސް ދަނީ އަޅަމުންނެވެ.
ކުރިއަށް އޮތް 24 ގަޑިއިރު ވެސް ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސްވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ލަފާކޮށްފައިވާތީ، ކަނޑުދަތުރުފަތުރު ކުރުމުގައާއި ފެންބޮޑުވެގެން ލިބިދާނެ ގެއްލުންތަކުން ރައްކާތެރިވުމަށް ހުރިހާ ފަރާތްތަކުން ވެސް މޫސުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ކަމާ ބެހޭ އިދާރާތަކުން ވަނީ އިލްތިމާސްކޮށްފައެވެ.
ގުޅުން ހުރި ޙަބަރުތައް
.jpg&w=3840&q=75)
ބޭރަށް ހިންގުމާއި ހޮޑުލުން އިތުރުވަމުންދާތީ ސަމާލުވުމަށް އެޗްޕީއޭ އިން އިލްތިމާސްކޮށްފި
ގަޑިއިރެއް ކުރިން

ސިނަމާލެ ބުރިޖުގައި ހިނގި ނުރައްކާތެރި އެކްސިޑެންގައި މީހަކަށް އަނިޔާވެ ފަރުވާދެނީ
ގަޑިއިރެއް ކުރިން

ދިވެހިރާއްޖޭގެ ޝަރުއީ ދާއިރާގެ މިސްރާބު: ގޮންޖެހުންތަކާއި އިސްލާހީ ފިޔަވަޅުތައް!
ދުވަހެއް ކުރިން

ރާއްޖެއާއި ބެލަރޫސްއާ ދެމެދު ވިސާ ފްރީ އެއްބަސްވުމަކަށް ރުހުން ދީފި
ދުވަހެއް ކުރިން


