logo

މާލޭގެ އުތުރު ފަރާތު ބޮޑުތަކުރުފާނުމަގުގައި ތާރުއެޅުމަށް އެ ސަރަހައްދު ބަންދުކުރަނީ

profile

އާމިނަތު ޝަޒްލާ - 06 ޖޫން 2026 - 12:38

މާލޭގެ އުތުރު ފަރާތު ބޮޑުތަކުރުފާނުމަގުގައި ތާރުއެޅުމުގެ މަސައްކަތަށް މާދަމާއިން ފެށިގެން އެ ސަރަހައްދުގެ މަގުތައް އެއްކޮށް ބަންދުކުރުމަށް ނިންމައިފިއެވެ.

https://wamco.com.mv/

މިކަން ހާމަކޮށްފައިވަނީ ދިވެހި ފުލުހުން ސޯޝަލް މީޑިއާގައި ހިއްސާކުރި ޕޯސްޓެއްގައެވެ.

ފުލުހުން ބުނީ ބޮޑުތަކުރުފާނުމަގުގައި ތާރުއެޅުމުގެ މަސައްކަތަށް މިއަދު މެންދަމު 00:00 އިން ފެށިގެން މަސައްކަތް ކުރިއަށްދާ ސަރަހައްދު އެއްކޮށް ބަންދުކުރެވޭނެ ކަމަށެވެ. އެގޮތުން އެއްކޮށް ބަންދުކުރުމަށް ހަމަޖެހިފައިވަނީ މާލޭގެ އުތުރު ފަރާތު ބޮޑުތަކުރުފާނުމަގުގެ އިއްޒުއްދީން ފާލަމުން ފެށިގެން ހެންވޭރު ފެރީ ޓާމިނަލާ ހަމައަށެވެ.

ފުލުހުން ވަނީ ބަންދުވާ ސަރަހައްދު އަންގައިދޭ ޗާޓެއްވެސް އާންމުކޮށްފައެވެ.

ބޮޑުތަކުރުފާނުމަގު ފުޅާކުރުމަށް ކުރިއަށްގެންދާ މަޝްރޫޢުގައި އެ މަގު ފެހިކުރުމަށްޓަކައި ޚާއްސަ ޕްލޭނެއް އެކުލަވާލާފައިވާ ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިއްޔެ ވަނީ ވިދާޅުވެފައެވެ.

މާލޭގެ އުތުރު ފަރާތު ބޮޑުތަކުރުފާނުމަގު ތަރައްގީކުރުމުގެ މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތްތައް ބާރުސްޕީޑުގައި ކުރިއަށްދާއިރު، މިހާރު ކުރިއަށްދަނީ ސެގްމަންޓް 4 ގެ ސަބް-ގްރޭޑިންގ މަސައްކަތްތަކެވެ.

މި މަޝްރޫއުގެ ދަށުން ނަރުދަމާ އަޕްގްރޭޑް ކުރުމުގެ މަސައްކަތް އެއްކޮށް ނިންމާލެވިފައިވާ ކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk