
އަންހެނަކު ވިއްކާލާނެ ކަމަށް، އޭނާގެ ކުރީގެ ފިރިމީހާ ބުނި މައްސަލައެއް ފުލުހުން ބަލަނީ

އާމިނަތު ޝަޒްލާ - 05 ޖޫން 2026 - 15:57
އަންހެނަކު ވިއްކާލާނެ ކަމަށް އޭނާގެ ކުރީގެ ފިރިމީހާ ބުނެ އިންޒާރު ދިން މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.
ފުލުހުން ބުނީ އަންހެނަކަށް އޭނާގެ ކުރީގެ ފިރިމީހާ ބިރުދައްކާފައިވާ ކަމަށް ބުނާ މައްސަލައެއް އިއްޔެ ހެނދުނު ހުޅުމާލެ ފޭސް ދޭއްގެ ޕޮލިސް ސްޓޭޝަނަށް ހުށަހަޅާފައިވާ ކަަމަށެވެ. ޝަކުވާ ހުށަހެޅި ފަރާތުން ދީފައިވާ މައުލޫމާތަށް ބަލާއިރު، އެ އަންހެން މީހާ އެހެން މީހަކަށް ވިއްކާލާނެ ކަމަށް ބުނެ އިންޒާރު ދީފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އޮފިޝަލް ވިދާޅުވިގޮތުގައި ފުލުހުންނަށް ހުށަހެޅުނު މި މައްސަލާގައި ޖިންސީ ގޯނާގެ އެއްވެސް ތުހުމަތެއް ހިމެނިފައެއް ނުވެއެވެ. އަދި އެ އަންހެން މީހާ އެހެން ފަރާތަކަށް ވިއްކާލާފައިވާ ކަމަށް ނުވަތަ އިންސާނީ ވަގުފާރީގެ މުއާމަލާތެއް ހިންގާފައިވާ ކަމުގެ އެއްވެސް ތުހުމަތެއްވެސް ހިމެނިފައެއް ނުވާ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.
ގުޅުން ހުރި ޙަބަރުތައް

ޤަޠަރުގެ އަމީރު، ރައީސް އާއި ބައްދަލުކުރައްވައިފި
12 ގަޑިއިރު ކުރިން

ތިނަދޫ ސިޓީ "އާބާދީ 60" ޖަލްސާއަށް ރައީސްއާ ކުރީގެ ރައީސުންނަށް ދަޢުވަތު ދެނީ
13 ގަޑިއިރު ކުރިން

ޗީފް ސްޓެޓިސްޓީޝަންގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފި
13 ގަޑިއިރު ކުރިން

މިފްކޯއިން ކަނޑުއޮތްގިރީގައި ހިކިމަސް ކާރުޚާނާއަކާއި އައިސް ޕްލާންޓެއް ހުޅުވައިފި
15 ގަޑިއިރު ކުރިން


.gif&w=3840&q=75)