
މިނިސްޓަރ ޢަލީ ޝަރީފު، ޔޫއެންއީޕީގެ އެގްޒެކެޓިވް ޑައިރެކްޓަރާ ބައްދަލުކުރައްވައިފި

މުޙައްމަދު ފަޟްލޫން - 05 ޖޫން 2026 - 11:52
ގްލޯބަލް އެންވަޔަރަންމަންޓް ފެސިލިޓީ (ޖީ.އީ.އެފް) ގެ އަށްވަނަ އެސެމްބްލީގެ ހަވާސާގައި، ދިވެހިރާއްޖޭގެ ތިމާވެއްޓާ ބެހޭ ވަޒީރު އޮނަރަބަލް ޢަލީ ޝަރީފު، ޔުނައިޓެޑް ނޭޝަންސް އެންވަޔަރަންމަންޓް ޕްރޮގްރާމް (ޔޫ.އެން.އީ.ޕީ) ގެ އެގްޒެކެޓިވް ޑައިރެކްޓަރ އިންގަރ އެންޑަރސަންއާ ބައްދަލުކުރައްވައިފިއެވެ.
މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވުނީ ރާއްޖެއާއި ޔޫ.އެން.އީ.ޕީ ގުޅިގެން މިހާރު ކުރިއަށްގެންދާ ތިމާވެށީގެ މަޝްރޫޢުތަކާ ބެހޭގޮތުންނާއި، މި ދާއިރާއިން ދެފަރާތުގެ ގުޅުން އިތުރަށް ބަދަހިކުރެވިދާނެ ގޮތްތަކާ މެދުގައެވެ.
މިނިސްޓަރ ޢަލީ ޝަރީފުގެ ވާހަކަފުޅުގައި، ރާއްޖޭގެ ތިމާވެށި ރައްކާތެރިކުރުމަށާއި މޫސުމީ ބަދަލުތަކުން ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގައި ޔޫ.އެން.އީ.ޕީގެ ފަރާތުން ލިބޭ އެހީތެރިކަމާއި އެއްބާރުލުން ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، ކުރިއަށް އޮތް ތަނުގައި ތިމާވެށީގެ އައު ދާއިރާތަކުން ގުޅިގެން މަސައްކަތްކުރުމަށް ދެ ފަރާތުންވެސް ޝައުގުވެރިކަން ފާޅުކުރެއްވިއެވެ.
ޖީ.އީ.އެފް އެސެމްބްލީއަކީ ދުނިޔެއަށް ކުރިމަތިވެފައިވާ ތިމާވެށީގެ ބޮޑެތި ގޮންޖެހުންތަކަށް ހައްލު ހޯދުމަށް ބައިނަލްއަގްވާމީ ފެންވަރުގައި ބާއްވާ މުހިންމު ބައްދަލުވުމެކެވެ.
މި އެސެމްބްލީގެ ތެރެއިން ރާއްޖެއިން ދަނީ ތިމާވެށީގެ ދާއިރާގައި ހަރަކާތްތެރިވާ ބައިނަލްއަގްވާމީ ޖަމްޢިއްޔާތަކާ ބައްދަލުކޮށް، ރާއްޖެއަށް ކުރިމަތިވެފައިވާ ތިމާވެށީގެ މައްސަލަތައް ހިއްސާކޮށް، ބޭނުންވާ ފަންނީ އަދި މާލީ އެހީތެރިކަން ހޯދުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
ގުޅުން ހުރި ޙަބަރުތައް

ޤަޠަރުގެ އަމީރު، ރައީސް އާއި ބައްދަލުކުރައްވައިފި
13 ގަޑިއިރު ކުރިން

ތިނަދޫ ސިޓީ "އާބާދީ 60" ޖަލްސާއަށް ރައީސްއާ ކުރީގެ ރައީސުންނަށް ދަޢުވަތު ދެނީ
14 ގަޑިއިރު ކުރިން

ޗީފް ސްޓެޓިސްޓީޝަންގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފި
14 ގަޑިއިރު ކުރިން

މިފްކޯއިން ކަނޑުއޮތްގިރީގައި ހިކިމަސް ކާރުޚާނާއަކާއި އައިސް ޕްލާންޓެއް ހުޅުވައިފި
15 ގަޑިއިރު ކުރިން


.gif&w=3840&q=75)