
ކުރީގެ ރައީސް މުހައްމަދު ނަޝީދު
އައްޑޫ ސިޓީގެ އުމްރާނީ ތަރައްގީ ގެނެސްދިނީ އެމްޑީޕީ އިން: ރައީސް ނަޝީދު

މުޙައްމަދު ފަޟްލޫން - 05 ޖޫން 2026 - 12:50
އައްޑޫ ސިޓީގެ އުމްރާނީ ތަރައްގީގެ ހުރިހާ މަޝްރޫއުތަކަކީ އެމްޑީޕީގެ ސަރުކާރުތަކުން ހިންގާފައިވާ ކަންކަން ކަމަށާއި، އެ ނޫން އެއްވެސް ސަރުކާރަކުން އައްޑޫގެ ކުރިއެރުމަށް މަސައްކަތެއް ކޮށްދީފައި ނުވާ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަންގައި އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓް، އަބްދުﷲ ސޯދިގު (ސޯބެ)ގެ ކެމްޕޭން ނިންމުމަށް ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ނަޝީދު ވަނީ އެމްޑީޕީގެ ވެރިކަންތަކުގައި އައްޑޫއަށް ގެނެސްދީފައިވާ ތަރައްގީގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި އައްޑޫގައި މިއަދު ފެންނަން ހުރި އުމްރާނީ ކުރިއެރުންތަކަކީ ސީދާ އެމްޑީޕީގެ ސިޔާސަތުތަކުގެ ނަތީޖާއެވެ.
މީގެ އިތުރުން، ރާއްޖޭގެ މިހާރުގެ ހާލަތާ މެދު ކަންބޮޑުވުން ފާޅުކުރައްވަމުން ރައީސް ނަޝީދު ވިދާޅުވީ، ގައުމު މިހާރު މިސްރާބު ޖަހާފައިވަނީ އިގްތިސާދީ ނުރައްކާތެރި އަނދަވަޅަކަށް ކަމަށާއި، ގައުމު ބޮޑު ދަރަނީގެ ދަންތުރައެއްގައި ބެދެމުންދާ ކަމަށެވެ.
މިފަދަ ދަނޑިވަޅެއްގައި ރައްޔިތުންގެ މަޖިލީހަށް އިންތިޚާބު ކުރަންވާނީ ދުނިޔޭގެ މަސްރަހަށް ލޯހުޅުވިފައިވާ، އިލްމީ އަދި ގާބިލު ބޭފުޅުން ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އެގޮތުން، ސޯބެއަކީ އެފަދަ ހުރިހާ ސިފަތަކެއް ފުރިހަމަވާ ކެންޑިޑޭޓެއް ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.
ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަން ބާއްވަން ހަމަޖެހިފައިވަނީ ޖޫން މަހުގެ 6 ވާ ހޮނިހިރު ދުވަހުއެވެ.
ގުޅުން ހުރި ޙަބަރުތައް

ޤަޠަރުގެ އަމީރު، ރައީސް އާއި ބައްދަލުކުރައްވައިފި
12 ގަޑިއިރު ކުރިން

ތިނަދޫ ސިޓީ "އާބާދީ 60" ޖަލްސާއަށް ރައީސްއާ ކުރީގެ ރައީސުންނަށް ދަޢުވަތު ދެނީ
13 ގަޑިއިރު ކުރިން

ޗީފް ސްޓެޓިސްޓީޝަންގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފި
13 ގަޑިއިރު ކުރިން

މިފްކޯއިން ކަނޑުއޮތްގިރީގައި ހިކިމަސް ކާރުޚާނާއަކާއި އައިސް ޕްލާންޓެއް ހުޅުވައިފި
15 ގަޑިއިރު ކުރިން


.gif&w=3840&q=75)