
އެސްޓީއޯ ހެލްތުކެއަރ އިން ބޭޔަރ ފާމަސޫޓިކަލްސް ބާޒާރަށް ނެރެފި

މުޙައްމަދު ފަޟްލޫން - 03 މޭ 2026 - 11:27
ބޭސް އުފައްދާ ކުންފުނިތަކުގެ ތެރެއިން ދުނިޔެއަށް ނަން މަޝްހޫރު ބޭޔަރ ގެ ފާމަސޫޓިކަލް އުފެއްދުންތައް ރަސްމީކޮށް ރާއްޖެއަށް ތައާރަފުކޮށްފިއެވެ.
މި އުފެއްދުންތައް އިފުތިތާޙު ކުރުމަށްޓަކައި ހޮޓެލް ޖެންގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގެ ތެރެއިން، ސިއްހީ ދާއިރާގެ ފަންނީ މާހިރުންނަށް އަމާޒުކޮށްގެން މުހިންމު ތަމްރީނު ޕްރޮގްރާމެއް ވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ.
މި ބައްދަލުވުމުގައި ދިވެހިރާއްޖެއާއި ބައިނަލްއަގްވާމީ ފެންވަރުގެ ސިއްޙީ ތަޖުރިބާކާރުންނާއި، ދާއިރާގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.
ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އިން ހާމަކުރި ގޮތުގައި، މި ހަރަކާތުގެ މައިގަނޑު މަގްސަދަކީ ބަލިތަކަށް ފަރުވާކުރުމުގައި ބޭނުންކުރާ އެންމެ ޒަމާނީ އަދި އިޖާދީ ވަސީލަތްތައް ރާއްޖެއަށް ތައާރަފް ކުރުމެވެ.
މިގޮތުން، ހިތުގެ ބަލިތަކާއި، ކިޑްނީގެ ބަލިތަކާއި، ހޯރމޯންއަށް އަންނަ ބަދަލުތަކުގެ އިތުރުން އަންހެނުންގެ ޞިއްޙަތާ ގުޅުންހުރި ދާއިރާތަކުން ހޯދިފައިވާ ސައިންޓިފިކް ކުރިއެރުންތަކާ ބެހޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށް، މަޢުލޫމާތު ބަދަލުކުރެވުނު ކަމަށް އެ ކުންފުނިން ބުނެއެވެ.
އެސްޓީއޯ ހެލްތު ކެއާއިން އަލަށް ތައާރަފްކުރި މި ފަރުވާތަކަކީ ދުނިޔޭގެ ތަހުޒީބު ގައުމުތަކުގައި ބޭނުންކުރަމުންދާ، ސައިންޓިފިކް ދިރާސާތަކުގެ މައްޗަށް ބިނާވެފައިވާ އަދި ބަލިމީހުންގެ ފަރުވާގެ ނަތީޖާ ރަނގަޅުކުރުމުގައި ކާމިޔާބުކަން ސާބިތުވެފައިވާ އުފެއްދުންތަކެކެވެ.
އަދި މި ހުރިހާ އުފެއްދުންތަކަކީ ވެސް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ، އެމްއެފްޑީއޭ ގެ ހަރުދަނާ އުސޫލުތަކުގެ ތެރެއިން ރަޖިސްޓްރީ ކުރެވިފައިވާ ރައްކާތެރި ބޭސްތަކެއްކަން އެސްޓީއޯއިން ފާހަގަކުރިއެވެ.
ގުޅުން ހުރި ޙަބަރުތައް

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސްރީލަންކާއަށް މިއަދު ފުރާވަޑައިގެންފި
2 ގަޑިއިރު ކުރިން

އެމްޓީސީސީގެ ޑީއެމްޑީކަމަށް މުބީން އައްޔަނުކޮށްފި
2 ގަޑިއިރު ކުރިން
.webp&w=3840&q=75)
މީޑިއާތަކަކީ މާލީގޮތުން މިނިވަން އަދި ބާރުގަދަ ތަންތަނަށް ހެދުމަކީ އަމާޒެއް: އެމްބީސީ
2 ގަޑިއިރު ކުރިން
ރާއްޖެއަށް ކުރިމަތިވާ ބޮޑެތި ކާރިސާތަކުން ސަލާމަތްތެރިކަން ހޯދަން މަޝްވަރާ ކުރަނީ
5 ގަޑިއިރު ކުރިން


.gif&w=3840&q=75)