logo

ތިނަދޫ ސިޓީގައި މަރުވި މީހާގެ ހަށިގަނޑު މާލެ ގެންނަނީ

profile

މުޙައްމަދު ފަޟްލޫން - 22 އޭޕްރީލު 2026 - 20:50

ތިނަދޫ ސިޓީގައި މީހަކު މަރުވި މައްސަލައިގެ އިތުރު ތަހުގީގަށް އޭނާގެ ހަށިގަނޑު މާލެ ގެންނަން ނިންމައިފިއެވެ.

https://wamco.com.mv/

ގދ ތިނަދޫގައި މިއަދު މަރުވި އުމުރުން 44 އަހަރުގެ ފިރިހެން މީހަގެ ހަށިގަނޑު ރޭ 12 ޖެހިއިރު ތިނަދޫގައި ބާއްވަން ކުރިން ނިންމި ނަމަވެސް ކުއްލިގޮތަކަށް އޭނާގެ ކަށު ނަމާދު ވަނީ ފަސްކޮށްފައެވެ.

ކަށުނަމާދު ފަސްކުރީ އޭނާގެ ސީޓީ ސްކޭން ހެދިއިރު ޝައްކުވާ ކަންތަައްތަކެއް ހުރކަމަށް ފާހަގަކުރެވޭތީ އޭނާގެ ހަށިގަނޑު މާލެ ގެނައުމަށް ކަމަށް ބައެއް މީޑިއާތަކުން ރިޕޯޓް ކޮށްފައިވެއެވެ.

ތިނަދޫގައި މަރުވި މީހާގެ މަރުގައި ޝައްކު ކުރެވޭ ކަންތައްތަކެއް ހުރި ކަމަށް ފާހަގަކުރެވުނު ނަމަވެސް ފުލުހުންގެ ފަރާތުން އެކަމާއި ގުޅިގެން އެއްވެސް ރަސްމީ ކޮމެންޓެއް ކޮށްފައެއް ނުވެއެވެ.

ފުލުހުން މީގެ ކުރިން ބުނެފައިވަނީ އެ މައްސަަލަ ތަހުގީގް ކުރަމުންދާ ކަމަށެވެ.

ތިނަދޫގައި މަރުވި މީހާއަކީ އަޑުއިވުމުން މަހުރޫމް ވެފައިވާ މީހެކެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk