logo

މިނިވަން ދުވަހުގެ ބަންދުގައި އައިޖީއެމްއެޗްގެ އޯޕީޑީ ޚިދުމަތްތައް މެދުކަނޑާލަނީ

profile

އާމިނަތު ޝަޒްލާ - 25 ޖުލައި 2026 - 11:03

މިއަހަރުގެ މިނިވަން ދުވަހުގެ މުނާސަބަތާ ގުޅިގެން، އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގެ ސްޕެޝަލިސްޓް އޯޕީޑީ އާއި އެހެނިހެން ބައެއް ޚިދުމަތްތައް ބަންދުވާނެ ކަމަށް އެ ހޮސްޕިޓަލުން ހާމަކޮށްފިއެވެ.

https://wamco.com.mv/

އައިޖީއެމްއެޗުން ނެރުނު "ޚާއްސަ ދެންނެވުމެއް" ގައިވާ ގޮތުން، މިނިވަން ދުވަހުގެ ރަސްމީ ބަންދާ ގުޅިގެން 26 ޖުލައި 2026 ވާ އާދީއްތަ ދުވަހާއި، ޖުލައި 27 ވާ ހޯމަ ދުވަހު ހޮސްޕިޓަލުގެ ސްޕެޝަލިސްޓް އޯޕީޑީގެ ޚިދުމަތްތަކުގެ އިތުރުން ކްލިނިކްތަކުގެ ޚިދުމަތްތައް މެދުކަނޑާލުމަށް ވަނީ ނިންމާފައެވެ.

ނަމަވެސް، މި ބަންދު ދުވަސްތަކުގައިވެސް ހޮސްޕިޓަލުން ދެމުންގެންދާ އެތެރެހަށީގެ ބަލިމީހުންގެ ޚިދުމަތްތައް (އައިޕީޑީ) އަދި ކުއްލި ފަރުވާގެ ޚިދުމަތްތައް (އިމަޖެންސީ ސާވިސަސް) އެއްވެސް މެދުކެނޑުމެއް ނެތި 24 ގަޑިއިރު ކުރިއަށްދާނެ ކަމަށް އެ ހޮސްޕިޓަލުން މައުލޫމާތު ދެއެވެ.

މިކަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ހޯއްދަވަން ބޭނުންފުޅުވާ ފަރާތްތަކުން އެ ހޮސްޕިޓަލުގެ ނަންބަރު 3335335 އަށް ގުޅުއްވުމަށް އައިޖީއެމްއެޗުން އިލްތިމާސް ކުރެއެވެ. އަދި ހޮސްޕިޓަލުގެ ވެބްސައިޓް igmh.gov.mv އިންވެސް އިތުރު ތަފްސީލް ލިބިވަޑައިގަންނަވާނެ ކަމަށް އެ ހޮސްޕިޓަލުން ބުނެއެވެ.

މިނިވަން ދުވަހުގެ ބަންދަށްފަހު ހޮސްޕިޓަލުގެ އާންމު ޚިދުމަތްތައް އަލުން ފެށޭނެ ތާރީޚެއް ހޮސްޕިޓަލުން ފަހުން އިޢުލާން ކުރާނެ ކަމަށް ވަނީ ބުނެފައެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk