
މިނިވަން ދުވަހުގެ ހަރަކާތްތަކަށް ބަންގްލަދޭޝްގެ ޚާރިޖީ ވަޒީރު ރާއްޖެ ވަޑައިގެންފި

އާމިނަތު ޝަޒްލާ - 25 ޖުލައި 2026 - 13:27
ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވާ ރަސްމީ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް، ބަންގްލަދޭޝްގެ ޚާރިޖީ ވަޒީރު ޑރ. ޚަލީލުއްރަޚްމާން ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގެންފިއެވެ.
މި މަހުގެ 27 ވަނަ ދުވަހުގެ ނިޔަލަށް ކުރައްވާ މި ދަތުރުފުޅަކީ ރާއްޖޭގެ ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް ދެއްވި ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ. ޑރ. ޚަލީލުއްރަޚްމާން ރާއްޖެ ވަޑައިގަތުމުން ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުން އެމަނިކުފާނަށް މަރްޙަބާ ވިދާޅުވީ ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމެވެ.
މި ދަތުރުފުޅުގައި ބަންގްލަދޭޝްގެ ޚާރިޖީ ވަޒީރު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވާނެއެވެ. މީގެ އިތުރުން، ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރާ ބައްދަލުކުރައްވައި ރަސްމީ މަޝްވަރާތައް ބޭއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.
ޚާރިޖީ ވުޒާރާއިން މަޢުލޫމާތު ދެއްވާގޮތުގައި، މި ބައްދަލުވުންތަކުގައި މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރެވޭނީ ރާއްޖެއާއި ބަންގްލަދޭޝާ ދެމެދު އޮންނަ ޒަމާންވީ ގާތް ގުޅުން އިތުރަށް ހަރުދަނާކޮށް ބަދަހިކުރެވޭނެ ގޮތްތަކާ ގުޅޭގޮތުންނެވެ. އަދި ދެ ޤައުމުން އިސްކަންދޭ މުހިންމު ދާއިރާތަކުން އެއްބާރުލުން ދިނުމާއި، ސަރަޙައްދީ އަދި ބައިނަލްއަޤްވާމީ އެކި މައްސަލަތަކުގައި ދެ ޤައުމުން ގުޅިގެން މަސައްކަތް ކުރެވޭނެ ގޮތްތަކާ މެދު ޚިޔާލު ބަދަލުކުރެއްވުން ވެސް މި މަޝްވަރާތަކުގެ ތެރޭގައި ހިމެނެއެވެ.
މިއީ 17 ފެބްރުއަރީ 2026 ގައި ބަންގްލަދޭޝްގެ ޚާރިޖީ ވަޒީރުކަމުގެ މަޤާމާ ޙަވާލުވެވަޑައިގަތުމަށްފަހު، ޑރ. ޚަލީލުއްރަޚްމާން ރާއްޖެއަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ. ޚާރިޖީ ވުޒާރާއިން ފާހަގަކުރެއްވި ގޮތުގައި، މި ދަތުރުފުޅަކީ ދެ ޤައުމުގެ ދެމެދުގައި އޮތް އެކުވެރިކަމުގެ ގުޅުން އައު ހަރުފަތަކަށް ގެންދިއުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.
ގުޅުން ހުރި ޙަބަރުތައް

ހުޅުމާލޭގެ މީހުން ނޫޅޭ އެޕާޓްމެންޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި
7 ގަޑިއިރު ކުރިން

ބަންގްލަދޭޝްގެ ޚާރިޖީ ވަޒީރު ރައީސްގެ އަރިހަށް އިޙުތިރާމުގެ ޒިޔާރަތެއް!
7 ގަޑިއިރު ކުރިން

5 މިލިއަން ގަސް އިންދުމުގެ މަޝްރުޢޫގެ ދަށުން މަތިވެރީގައި ގަސް އިންދުމުގެ ހަރަކާތެއް
7 ގަޑިއިރު ކުރިން

މި އަހަރުގެ ސާފް ޗެމްޕިއަންޝިޕުގެ ރަސްމީ ލޯގޯ އިފްތިތާހުކޮށްފި
8 ގަޑިއިރު ކުރިން


.gif&w=3840&q=75)