
ހުޅުމާލޭގެ މީހުން ނޫޅޭ އެޕާޓްމެންޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

އާމިނަތު ޝަޒްލާ - 25 ޖުލައި 2026 - 13:28
ހުޅުމާލެ ފޭސް އެކެއްގައި މީހުން ނޫޅޭ އެޕާޓްމެންޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން ފުލުހުން ހަރަކާތްތެރިވެއްޖެއެވެ.
ދިވެހި ފުލުހުންގެ ހިދުމަތުން މައުލޫމާތު ދެއްވާފައިވާ ގޮތުގައި، ހުޅުމާލޭގައި ހުންނަ އެޕޯލޯ ކްރިސްޓަލް ބިލްޑިންގްގެ އެޕާޓްމަންޓަކުން ދުން އަރަމުންދާ ކަމުގެ ރިޕޯޓު ފުލުހުންނަށް ލިބިފައިވަނީ މިއަދު މެންދުރުފަހު 13:57 އެހައިކަންހާއިރުއެވެ.
މި ރިޕޯޓާ ގުޅިގެން ފުލުހުން އެ ސަރަހައްދަށް ގޮސް ބެލިބެލުމުން، ދުން އަރަމުންދަނީ އެ އިމާރާތުގެ އަށް ވަނަ ފަންގިފިލާގައި ހުރި އެޕާޓްމަންޓަކުންކަން ވަނީ ކަށަވަރުވެފައެވެ. އެ ވަގުތު އެ އެޕާޓްމަންޓުގައި އެއްވެސް މީހަކު ނެތުމުން، ފުލުހުން ވަނީ އާންމުންގެ އެހީތެރިކަމާއެކު އެތަނުގެ ދޮރު ހަލާކުކޮށްލައިގެން އެތެރެއަށް ވަދެފައެވެ. އަދި އެތަނުގައި ރޯވެފައި ހުރި އަލިފާން މިހާރު ވަނީ ނިއްވާލާފައެވެ.
ފުލުހުން ވިދާޅުވި ގޮތުގައި މި ހާދިސާގައި އަލިފާން ރޯވެފައި ހުރީ އެޕާޓްމަންޓުގެ ބެލްކަނީގައި ބަހައްޓާފައި ހުރި ލަކުޑިތަކެއްގައެވެ. މި ހާދިސާ ހިނގި ވަގުތު އެޕާޓްމަންޓުގައި އެއްވެސް މީހަކު ނެތުމުން، އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ.
މި އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދިވެހި ފުލުހުންގެ ހިދުމަތުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.
ގުޅުން ހުރި ޙަބަރުތައް

ބަންގްލަދޭޝްގެ ޚާރިޖީ ވަޒީރު ރައީސްގެ އަރިހަށް އިޙުތިރާމުގެ ޒިޔާރަތެއް!
7 ގަޑިއިރު ކުރިން

މިނިވަން ދުވަހުގެ ހަރަކާތްތަކަށް ބަންގްލަދޭޝްގެ ޚާރިޖީ ވަޒީރު ރާއްޖެ ވަޑައިގެންފި
7 ގަޑިއިރު ކުރިން

5 މިލިއަން ގަސް އިންދުމުގެ މަޝްރުޢޫގެ ދަށުން މަތިވެރީގައި ގަސް އިންދުމުގެ ހަރަކާތެއް
7 ގަޑިއިރު ކުރިން

މި އަހަރުގެ ސާފް ޗެމްޕިއަންޝިޕުގެ ރަސްމީ ލޯގޯ އިފްތިތާހުކޮށްފި
8 ގަޑިއިރު ކުރިން


.gif&w=3840&q=75)