logo

ކްރިމިނަލް ކޯޓަށް ތިން ގާޒީން ހޯދަނީ

profile

އާމިނަތު ޝަޒްލާ - 06 ޖުލައި 2026 - 11:56

ކްރިމިނަލް ކޯޓަށް ތިން ފަނޑިޔާރުން ހޯދުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު އިޢުލާނުކޮށްފިއެވެ.

https://wamco.com.mv/

ޖޭއެސްސީގެ އިޢުލާނުގައި ބަޔާންކޮށްފައިވާ ގޮތުން، މި މަޤާމަށް ކުރިމަތިލާ ފަރާތްތަކަކީ އިސްލާމީ ޝަރީޢާ ނުވަތަ ޤާނޫނު، ނުވަތަ މި ދެ ދާއިރާ އިން ފުރަތަމަ ޑިގްރީ ހާސިލުކޮށްފައިވާ ފަރާތްތަކަށް ވާންޖެހެއެވެ. މީގެ އިތުރުން، ފަނޑިޔާރުކަމުގައި ނުވަތަ ޤާނޫނީ ވަކީލުކަމުގައި މަދުވެގެން ތިން އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން ލާޒިމުކުރެއެވެ.

މި މަޤާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު މި މަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ.

ކްރިމިނަލް ކޯޓުގެ ޤާޒީއަކަށް މުސާރައިގެ ގޮތުގައި މަހަކު 37,700 ރުފިޔާ ކަނޑައަޅާފައިވާއިރު، އެލަވަންސްގެ ގޮތުގައި 22,300 ރުފިޔާ އާއި މެޑިކަލް އިންޝުއަރެންސް ލިބިގެންދާނެއެވެ.

ކޯޓުގެ ޤާޒީންގެ މަޤާމު ހުސްވެފައިވަނީ، ކުރިން އެ މަޤާމުގައި ހުންނެވި އިސްމާޢީލް ޝަފީޢު ހައިކޯޓުގެ ފަނޑިޔާރުކަމަށް ބަދަލުވެވަޑައިގަތުމާއި، ޤާޒީ ޙުސައިން ފާއިޒް މަޤާމުން ވަކިކުރެއްވުމާ ގުޅިގެންނެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk