
ހައްޔަރުކޮށްފައިވާ ދެ ނޫސްވެރިން
މުޒާހަރާގެ ތެރެއިން ހައްޔަރުކުރި 9 މީހުންގެ ތެރެއިން 6 މީހަކު ދޫކޮށްލައިފި

ރިޟްވާން މޫސާ - 17 މޭ 2026 - 18:09
މިދިޔަ ބުދަ ދުވަހުގެ ރޭ މާލޭގައި އިދިކޮޅު ފަރާތްތަކުން ކުރިއަށް ގެންދިޔަ މުޒާހަރާގެ ތެރެއިން ފުލުހުން ހައްޔަރުކުރި 9 މީހުންގެ ތެރެއިން 6 މީހަކު ދޫކޮށްލާފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
މިދިޔަ ބުދަ ދުވަހުގެ ރޭ މާލޭގައި ބޭއްވި މުޒާހަރާ އަކީ އިދިކޮޅު ފަރާތްތަކުން ރައީސް ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރަށް ނޫނެކޭ ބުނެ ކުރީގެ ތިން ރައީސުން އެކުވެގެން ކުރިއަށް ގެންދިޔަ މުޒާހަރާ އެކެވެ.
މި މުޒާހަރާގައި މި ސަރުކާރުން ނޫސްވެރިންގެ ހައްގުތަކަށް އަރައިގަތުމާއި، ނޫސްވެރިން ހައްޔަރު ކުރުމާއި، ގާނޫނާއި ޙީލާފު އެތައް ކަމެއް މި ސަރުކާރުން ކުރާ ކަމަށް ތުހުމަތު ކުރި އެވެ.
މުޒާހަރާގެ ތެރެއިން ހައްޔަރު ކޮށްފައި ވަނީ ޖުމްލަ 9 މީހކެެވެ. އެއީ 2 އަންހެނުންނާއި 7 ފިރިހެނުންނެވެ.
ފުލުހުން ބުނީ ބުދަ ދުވަހުގެ ރޭ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ނުވަ މީހުންގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން އެމީހުންގެ ތެރެއިން 2 އަންހެނުން ހިމެނޭހެން ޖުމްލަ 6 މީހަކު ދޫކޮށްލާފައިވާ ކަމަށެވެ.
ދެންތިބި 3 މީހުންގެ ތެރެއިން އެކަކު 3 ދުވަހަށް ބަްންދު ކުރުމާއި، އެކަކު 5 ދުވަހަށް ބަންދުކުރުމުގެ އިތުރުން އަނެއް މީހާ 10 ދުވަހަށް ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ. ނަމަވެސް ފުލުހުން ފަހުން ބުނެފައި ވަނީ 3 ދުވަހަށް ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފައިވާ މީހާ ފުލުހުންގެ ބެލުމުގެ ދަށުން ދޫކޮށްލާފައިވާ ކަމަށެވެ.
ގުޅުން ހުރި ޙަބަރުތައް

ވޯލްޑްޝެފްސް ކޮންގްރެސް އެންޑް އެކްސްޕޯގައި ރާއްޖެއިން ބައިވެރިވެއްޖެ
12 ގަޑިއިރު ކުރިން
އަލަށް އިންތިޚާބުވި ކައުންސިލްތަކުން ހުވާކުރުން ކުރިއަށްގެންގޮސްފި
20 ގަޑިއިރު ކުރިން

ވަޠަނީ ޚިދުމަތުގެ އަސާސީ ތަމްރީނު ނިންމައި 344 ދަރިވަރުން ދަސްވެނިވެއްޖެ
20 ގަޑިއިރު ކުރިން

މުޒާހަރާތަކުގެ ބޭނުން ކުރާ "ސޯފާ" އަތުލާތީ ސުވާލު އުފައްދައިފި
21 ގަޑިއިރު ކުރިން


.gif&w=3840&q=75)