logo
ވޯލްޑްޝެފްސް ކޮންގްރެސް 2026

ވޯލްޑްޝެފްސް ކޮންގްރެސް 2026

ވޯލްޑްޝެފްސް ކޮންގްރެސް އެންޑް އެކްސްޕޯގައި ރާއްޖެއިން ބައިވެރިވެއްޖެ

profile

ރިޟްވާން މޫސާ - 17 މޭ 2026 - 16:27

ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަންއިން ވޯލްޑްޝެފްސް ކޮންގްރެސް އެންޑް އެކްސްޕޯ 2026ގައި ބައިވެރިވެއްޖެއެވެ.

https://wamco.com.mv/

މި އެކްސްޕޯގައި ދިވެހި ސަގާފީ ރަހަތަކާއި، ދުނިޔޭގެ ފެންވަރުގެ ރިސޯޓުތަކުން ލިބޭ މަތީ ފަންތީގެ ކެއުންބުއިމުގެ ތަޖުރިބާތައް ދައްކާލައި، ގޭސްޓްރޮނޮމީގެ ރޮނގުން ހާއްސަ މަންޒިލެއްގެ ގޮތުގައި ރާއްޖެ އިޝްތިހާރު ކުރުން ކަމަށް މި ވިޒިޓް މޯލްޑިވްސް އިން ބުނެ އެވެ.

އަދި މީގެ އިތުރުން ރާއްޖޭގެ ރަށްތަކުގެ ގުދުރަތީ ރީތިކަމާއި ސަގާފީ އާދަކާދަތަކުގެ މައްޗަށް ބިނާވެފައިވާ ކެއުންތަކުގެ އިތުރުން، ލަގްޒަރީ ރިސޯޓުތަކުގެ ފުރިހަމަ ޚިދުމަތްތައް ހާމަކޮށްދިނުމަކީ މި ދަތުރުގެ މުހިންމު ބައެއް ކަމަށެވެ.

އިނގިރޭސިވިލާތުގެ ނިއުޕޯޓްގައި ހުންނަ އިންޓަރނޭޝަނަލް ކޮންވެންޝަން ސެންޓަރ ވޭލްސްގައި ބޭއްވުމަށް ހަމަޖެހިފައިވާ މި އެކްސްޕޯ ކުރިއަށް ދާނީ މިމަހުގެ 16 އިން 19 ގެ ނިޔަލަށެވެ.

ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން، ވީއެމްސީން ވިދާޅުވީ ބައިނަލްއަޤުވާމީ ފެންވަރުގައި ބާއްވާ މި ބޮޑު ޙަރަކާތުގެ ތެރެއިން "ދަ ސަނީ ސައިޑް އޮފް ލައިފް" ގެ މުއްސަނދި ކާބޯތަކެތީގެ ސަގާފަތާއި، ކެއުންބުއިމުގެ ތަފާތު ތަޖުރިބާތައް ދުނިޔޭގެ މާކެޓްތަކަށް ދައްކާލައި، ބައިނަލްއަޤުވާމީ ބާޒާރުގައި ދިވެހިރާއްޖޭގެ މަޤުބޫލުކަން އިތުރަށް ވަރުގަދަކުރުމަށް މަސައްކަތް ކުރެވޭނެކަމަށެވެ.

ވޯލްޑް ޝެފްސް ކޮންގްރެސް އަކީ ދުނިޔޭގެ މަޝްހޫރު ޝެފުންނާއި، ގޭސްޓްރޮނޮމީ ދާއިރާގެ ތަޖުރިބާކާރުންނާއި، ދުނިޔޭގެ ފަތުރުވެރިކަމުގެ ސިނާއަތުގެ އިސް ފަރާތްތައް އެއްތަންވާ މުހިންމު ޕްލެޓްފޯމެކެވެ. 2026 ވަނަ އަހަރުގެ އެކްސްޕޯގައި މަތީ ފަންތީގެ މުބާރާތްތަކާއި، ފަންނީ މަޝްވަރާތަކުގެ އިތުރުން ގުޅުން ބަދަހިކުރުމުގެ ފުރުސަތުތައް ލިބިގެންދާނެކަމަށް ވީއެމްސީން ވިދާޅުވިއެވެ.

މިއީ ދުނިޔޭގެ ކާބޯތަކެތީގެ ސިނާޢަތުގައި މަސައްކަތްކުރާ ފަރާތްތަކާއެކު ބައިނަލްއަޤުވާމީ ގުޅުންތައް ޤާއިމުކޮށް، އައު ވިޔަފާރީގެ ފުރުސަތުތައް ހޯދުމަށް ލިބޭ ރަނގަޅު ފުރުސަތެއްކަން އެކުންފުނިން ވަނީ ފާހަގަކޮށްފައެވެ.

ވީއެމްސީން ވިދާޅުވީ މި ޙަރަކާތުގެ ސަބަބުން ބައިނަލްއަޤުވާމީ ކާބޯތަކެތީގެ ޖަމުޢިއްޔާތަކާއި، މަޝްހޫރު ޝެފުންނާއި، ހޮސްޕިޓާލިޓީ ދާއިރާގެ އިސް ފަރާތްތަކާއެކު އޮންނަ ގުޅުން ބަދަހިކުރުމަށް މަގުފަހިވާނެކަމަށެވެ.

އަދި މުހިންމު މާކެޓްތަކުން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުކުރުމަށް އެހީތެރިވެދޭނެކަމަށާއި ބައިނަލްއަޤުވާމީ މީޑިއާތަކާއި ނޫސްތަކުގެ ސަމާލުކަން ރާއްޖެއަށް ހޯދުމަށް މިއީ ލިބޭ ރަނގަޅު ފުރުސަތެއްކަން ވިޒިޓް މޯލްޑިވްސްއިން ފާހަގަކުރައްވައެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk