logo

އަލަށް އިންތިޚާބުވި ކައުންސިލްތަކުން ހުވާކުރުން ކުރިއަށްގެންގޮސްފި

profile

ރިޟްވާން މޫސާ - 17 މޭ 2026 - 08:22

ލޯކަލް ކައުންސިލްތަކަށް އިންތިޚާބުވި މެންބަރުން ހުވާކުރުމާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީތަކަށް އިންތިޚާބުވި މެންބަރުން އިޤްރާރުގައި ސޮއިކުރުމުގެ ރަސްމިއްޔާތުތައް ބާއްވަން ފަށައިފިއެވެ.

https://wamco.com.mv/

މިފަހަރު ލޯކަލް ކައުންސިލް އިންތިޚާބުގަ ރާއްޖޭގެ ސިޓީތަކާއި ރަށު ކައުންސިލްތަކަށް ޖުމްލަ 678 ކައުންސިލަރުން އިންތިޚާބު ކުރަންޖެހޭއިރު، 677 ކައުންސިލަރުން ހުވާކުރުމާ ހަމައަށް އިންތިޚާބުކޮށްފައިވާ ކަމަށް، އެލްޖީއޭއިން ވިދާޅުވިއެވެ.

އެލްޖީއޭއިން ވިދާޅުވީ މިއަދު 676 ކައުންސިލަރުން ހުވާކޮށްފައިވާ ކަމަށެވެ. އަދި މިއަދު ހުވާނުކުރާ ކައުންސިލަރުން ހުވާކުރުމުގެ އިންތިޒާމު ފަހުން ހަމަޖެހިގެންދާނެ ކަމަށް، އެލްޖީއޭއިން ވަނީ ވިދާޅުވެފައެވެ.

މިދައުރަށް އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީތަކަށް އިންތިޚާބު ކުރަން ޖެހެނީ ކައުންސިލަރުންގެ ތިބި އަދަދަށް 678 ފަރާތެކެވެ. އޭގެ ތެރެއިން 673 ޑަބްލިއުޑީސީ މެންބަރުން އިންތިޚާބުކޮށްފައިވާއިރު، މިއަދު 662 މެންބަރުން ހުވާކޮށްފައިވާ ކަމަށް ލޯކަލް ގަވަމެންޓް އޮތޯރިޓީން ވިދާޅުވިއެވެ.

ކައުންސިލް ތަކަށް ހޮވުނު ފަރާތްތަކާއި، އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމެޓީތަކަށް ހޮވުނު ފަރާތްތަކުން ވެސް މިއަދު ހުވާ ކުރުމާއި މަގާމާއި، ހަވާލުވުމުގެ ކަންކަން މުޅި ރާއްޖޭގައި ވެސް ކުރިއަށް ގެންގޮސްފައި ވަނީ އެއްގަޑިއެއްގައި ކަން ފާހަގަކޮށްލެވެ އެވެ.

އަތޮޅުތަކުން ހުވައި ކުރުމުގެ ރަސްމިއްޔާތުތައް ކުރިއަށް ގެންގޮސްފައިވަނީ އެ ރަށެއްގެ ކައުންސިލް އިދާރާގަ އާއި އެރަށްރަށުގެ ސްކޫލް ހޯލްތަކުގަ އެވެ.

މިއަދު ހެނދުނު 9:00 ޖެހިއިރު ރަށްރަށުގައި ބޭއްވި ރަސްމިއްޔާތުތައް އެއްވަގުތެއްގައި އެއްފަހަރާ ކުރިއަށް ގެންދެވޭނެ އިންތިޒާމު ލޯކަލް ގަވަމެންޓް އޮތޯރިޓީން ކައުންސިލްތަކާއި ގުޅިގެން ހަމަޖައްސާފައިވެއެވެ.

ކައުންސިލްތަކުގެ 5 ވަނަ ދައުރަށް އިންތިޚާބު ކުރެވުނު މެންބަރުން ހުވާކުރުމުގެ ރަސްމިއްޔާތުތަކުގައި ހުވާލައިދެއްވީ އެރަށަކަށް އެކަމަށް ކަނޑައެޅިފައި ހުންނަވާ ފަނޑިޔާރު ނުވަތަ ޤާޟީއެކެވެ. މި އުސޫލުން ރާއްޖޭގެ 5 ސިޓީ ކައުންސިލްގެ މެންބަރުން ހުވާ ކުރުމާއި، ސިޓީތަކަށް ނިސްބަތްވާ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީތަކުގެ މެންބަރުން އިޤްރިރާރުގައި ސޮއިކުރުން ކުރިއަށް ގެންދާނެއެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk