logo
އިދިކޮޅުން ކުރިއަށްގެންދާ އިހުތިޖާޖެއްގެ ތެރެއިން

އިދިކޮޅުން ކުރިއަށްގެންދާ އިހުތިޖާޖެއްގެ ތެރެއިން

މުޒާހަރާތަކުގެ ބޭނުން ކުރާ "ސޯފާ" އަތުލާތީ ސުވާލު އުފައްދައިފި

profile

ރިޟްވާން މޫސާ - 17 މޭ 2026 - 07:29

އިދިކޮޅު ފަރާތްތަކުން މަގުމަތީގައި ކުރަމުންގެންދާ އިޙްތިޖާޖުގެ ތެރޭގައި ބޭނުންކުރާ "ސޯފާ" ފުލުހުން އަތުލާތީ އެކަމާ ސުވާލު އުފެދޭ ކަމަށް މަޝްހޫރު ގާނޫނީ ވަކީލް އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އަލީ ހުސެއިން ވިދާޅުވެއްޖެ އެވެ.

https://wamco.com.mv/

އިދިކޮޅު ފަރާތްތަކުން މިފަހަކަށް އައިސް މާލޭގައި ކުރަމުންދާ އިހުތިޖާޖު ތަކުގައި މަގުތައް މަތީގައި ދަނީ "ސޯފާ" ބޭނުންކުރަމުންނެވެ.

ސިލްސިލާކޮށް ކޮންމެ ރެއަކު މާލޭގައި ކުރަމުންދާ މުޒާހަރާ ތަކުގައި އިދކޮޅު ފަރާތްތަކުން ބޭނުންކުރަމުންދާ ސޯފާ ތައް ފުލުހުން އަތުލަމުންދާތީ އެކަމާއި ގުޅޭގޮތުން އަލީ ހުސެއިން "އަސްލު ޓީވީ" އަށް ވިދާޅުވީ ފުލުހުން ކުރަމުން ގެންދަނީ އެމީހުންގެ ގާނޫނީ ޒިންމާ ކަމަށާއި، ފުލުހުން ސޯފާތައް އަތުލުމުގައި އަމަލުކުރަމުންދަނީ ފުލުހުންގެ ވެރިންގެ އަމުރު ތަންފީޒް ކުރުން ކަމަށެވެ.

އަލީ ހުސެއިން ވިދާޅުވީ މުޒާހަރާ ތަކުގައި އެއްވެ އުޅުމުގެ މިނިވަންކަމުގެ އުސޫލުން އެއްވެ އުޅެވޭ ސަރަހައްދު ތަކުގައި ސުލްހަވެރި ކަމާއެކު އަޑު އުފުލުމުގައި "ސޯފާ" ބޭނުން ނުކުރެވުމަށް އެއްވެސް ގާނޫނީ ހުރައެއް ނެތް ކަމަށެވެ.

ރައީސުލް ޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ގެ ވެރިކަމުގައި ނޫސްވެރިން ހައްޔަރު ކުރުމާއި، ގާނޫނާއި، ޙިލާފު އެތައް ކަމެއް ކުރަމުންދާ ކަމަށް ބުނެ އިދކޮޅު ފަރާތްތަކުން ދަނީ ސިލްސިލާ މުޒާހަރާތަކެއް ކުރަމުންނެވެ.

މި މުޒާހަރާތަކުގައި މިހާރު ރާއްޖޭގެ ކުރީގެ ތިން ރައީސުން ވެސް ވަނީ އެއްގަލަކަށް އަރައި ރައީސް މުއިއްޒުގެ ވެރިކާމާ ދެކޮޅަށް އަޑުއުފުލަން ސިލްސިލާ ބައްދަލުވުން ތަކެއްވެސް ބާއްވަން ނިންމާފަ އެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk