logo

އެމްޑީޕީ އަށް 21 އަހަރު ފުރުމުގެ މުނާސަބަތު ފާހަގަކޮށްފި

profile

އާމިނަތު ޝަޒްލާ - 26 ޖޫން 2026 - 11:38

އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އަށް 21 އަހަރު ފުރުމުގެ މުނާސަބަތު ފާހަގަކުރުމުގެ ގޮތުން، އެ ޕާޓީގެ މައި ހަރުގެ ކަމަށްވާ ދަނޑިކޮށި ޖަގަހައިގައި މިއަދު ދިދަ ނެގުމުގެ ޚާއްޞަ ރަސްމިއްޔާތެއް ބާއްވައިފިއެވެ.

https://wamco.com.mv/

މި ރަސްމިއްޔާތުގައި ދިދަ ނަންގަވައިދެއްވީ ޕާޓީގެ ޑެޕިއުޓީ ޗެއާޕާސަން އިބްރާހީމް ވަހީދާއި، ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމާއި، ކުރީގެ ޑިފެންސް މިނިސްޓަރު މާރިޔާ އަޙްމަދު ދީދީގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ދީދީއެވެ.

ދިދަ ނެގުމަށްފަހު، ޕާޓީގެ އަހަރީ ދުވަހުގެ މުނާސަބަތުގައި ކޭކު ފެޅުން އޮތް މި ރަސްމިއްޔާތުގައި އެމްޑީޕީގެ ލީޑަޝިޕްގެ އިސް ބޭފުޅުންނާއި ގިނަ އަދަދެއްގެ އާންމު މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.

މާލޭގެ އިތުރުން، ރާއްޖޭގެ އެކި ރަށްރަށުގައި ހުރި އެމްޑީޕީގެ ހަރުގެތަކުގައި ވެސް އަހަރީ ދުވަހާ ގުޅޭ ތަފާތު ހަރަކާތްތަކާއި ދިދަ ނެގުމުގެ ރަސްމިއްޔާތުތައް ކުރިއަށް ގެންދިއުމަށް ވަނީ ރޭވިފައެވެ.

އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަން އިބްރާހީމް ވަހީދު ވިދާޅުވި ގޮތުގައި، ޕާޓީގެ 21 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ކުރިއަށް އޮތް އެއް އަހަރު ދުވަހުގެ ތެރޭގައި ތަފާތު ގިނަ ހަރަކާތްތަކެއް ސިލްސިލާކޮށް ކުރިއަށް ގެންދިއުމަށް ވަނީ ތާވަލުކުރެވިފައެވެ.

މީގެ އިތުރުން، މި މުނާސަބަތާ ގުޅުވައިގެން އެމްޑީޕީ "ޒުވާނުންގެ ހިތްވަރު"ގެ ފަރާތުން އިންތިޒާމުކުރާ ލައިވް މިއުޒިކާއެކު ބޮނޑިބަތް ކެއުމުގެ ހަރަކާތެއް މިރޭ 20:30 ގައި އެ ޕާޓީގެ މައި ހަރުގޭގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk