
މީރާއަށް ނުލިބިހުރި ފައިސާގެ ތެރެއިން 2 ބިލިޔަން ރުފިޔާ ހޯދައިފި

މުޙައްމަދު ފަޟްލޫން - 01 ޖުލައި 2026 - 12:41
މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ދައުލަތަށް ލިބެންޖެހޭ ފައިސާ ހޯދުމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ކުރި މަސައްކަތުން، ޖުމްލަ 2 ބިލިއަން ރުފިޔާ ހޯދާފައިވާކަން އެ އިދާރާއިން ހާމަކޮށްފިއެވެ.
މީރާއިން އާންމުކޮށްފައިވާ މިއަހަރުގެ ފުރަތަމަ ކުއާޓަރުގެ މާލީ ރިޕޯޓުގައިވާ ގޮތުން، ނުލިބި ހުރި ފައިސާ ހޯދުމަށް ކުރެވުނު އެކި މަސައްކަތްތަކުން ބޮޑު ކުރިއެރުމެއް ވަނީ ލިބިފައެވެ. އެގޮތުން ފައިސާ ހޯދާފައިވާ މައިގަނޑު ދާއިރާތަކަކީ:
ޑަނިންގ ނުވަތަ އެކި ގޮތްގޮތުން މުއާމަލާތްކޮށްގެން: 1.2 ބިލިއަން ރުފިޔާ
ޑިއުސް ކްލިއަރަންސްގެ ތެރެއިން: 617 މިލިއަން ރުފިޔާ
ހަނދާންކޮށްދިނުމަށް ގުޅައިގެންނާއި އީމެއިލް މެދުވެރިކޮށް: 151 މިލިއަން ރުފިޔާ
ބޭންކް އެކައުންޓް ފްރީޒްކުރުމުގެ ސިޔާސަތުގެ ދަށުން: 13.5 މިލިއަން ރުފިޔާ
ފައިސާ ނުދައްކާ ފަރާތްތަކުގެ ނަން ހާމަކޮށްގެން: 13.1 މިލިއަން ރުފިޔާ
މީގެ އިތުރުން، މި މުއްދަތުގެ ތެރޭގައި ޓެކްސް ބަޔާން ހުށަނާޅާ 10,701 ފަރާތަކަށާއި، ފައިސާ ނުދައްކާ ތިބި 5,776 ފަރާތަކަށް އެކަން ހަނދާންކޮށްދީ ފައިނަލް ނޯޓިސް ފޮނުވާފައިވާ ކަމަށްވެސް މީރާއިން ބުނެއެވެ.
ދައުލަތަށް ދައްކަންޖެހޭ ފައިސާ ދެއްކުމުގައި ދަތިތަކާ ކުރިމަތިވެފައިވާ ފަރާތްތަކަށް ލުއިދިނުމުގެ ގޮތުން، ބަހާލައިގެން ފައިސާ ދެއްކޭނެ އިންތިޒާމުވެސް މީރާއިން ވަނީ ހަމަޖައްސައިދީފައެވެ. އެގޮތުން، 176 ފަރާތަކަށް ޖުމްލަ 256 މިލިއަން ރުފިޔާ ބަހާލައިގެން ދެއްކޭނެ އިންތިޒާމު މިދިޔަ ކުއާޓަރުގައި ހަމަޖައްސައިދީފައިވާކަން އެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.
ގުޅުން ހުރި ޙަބަރުތައް

އޮޔާދިޔަ ފަތުރުވެރިއަކު ފުލުހުން ސަލާމަތްކޮށްފި
2 ގަޑިއިރު ކުރިން

ޗައިނާގެ ތަޢުލީމީ ނިޒާމުގެ ތެރެއަށް އޭއައި ތަޢާރަފުކުރުމަށް ނިންމައިފި
4 ގަޑިއިރު ކުރިން

ފޯމިއުލާ 1 ސިންގަޕޫރު ގްރޭންޑް ޕްރީގެ ތަޖުރިބާ ހޯދުމުގެ ފުރުސަތު ލިބޭ ޕްރޮމޯޝަނެއް ބީއެމްއެލް އިން ފަށައިފި
6 ގަޑިއިރު ކުރިން

ސިނގިރޭޓުގެ ޑިއުޓީ ކުޑަކުރާ ބިލު މަޖިލިހުން ފާސްކޮށްފި
6 ގަޑިއިރު ކުރިން


.gif&w=3840&q=75)