logo

ސެކިއުރިޓީ ކަނޑާލިޔަސް މުޒާހަރާ އަށް ނުކުންނާނަން: ރައީސް ނަޝީދު

profile

ރިޟްވާން މޫސާ - 05 ޖުލައި 2026 - 14:19

ރައީސުލްޖުމްހޫރިއްޔާގެ މަގާމު ކުރިން އަދާ ކުރައްވާފައިވާ ބޭފުޅަކު މުޒާހައަރާކަށް ވަޑައިގަންނަވާ ނަމަ އެ ވަގުތަކަށް ސެކިއުރިޓީ ކަނޑާލަން ނިންމި ނަމަވެސް ކުރިއަށް އޮތް ތަނުގައި ވެސް މުޒާހަރާތަކަށް ވަޑައިގަންނަވާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

https://wamco.com.mv/

އެމްޑީޕީގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ނަޝީދު ވަނީ ރައީސް ކަން ކުރެއްވެވި ފަރާތްތަކަށް ސެކިއުރިޓީ ކަނޑާލަން އުޅޭތީ އެކަމާ ގުޅޭގޮތުން ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

ރައީސް ނަޝީދު ވިދާޅުވީ ސެކިއުރިޓީ އަކާ ނުލައި މުޒާހަރާ ކުރަން ނުކުތުމަކީ ވެސް ރައްކާތެރި ކަމެއްވެސް ނޫން ކަމަށާއި، ސިޔާސީ ފަރާތްތަކަށް ދޭ ހަމަލާތަކުންނާއި، ޓެރަރިޒަމް ފަދަ ހަމަލާތަލެއް އަމާޒު ވެދާނެކަމީ ދުރުގައި އޮތް ކަމެއް ވެސް ނޫން ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ ސަރުކާރު ޖަވާބުދާރީ ކުރަން އަދި ރައްޔިތުންގެ ހައްގުގައި އަޑު އުފުލަން އެމްޑީޕީން ކުރަމުން އަންނަ މަސައްކަތް އެއްވެސް ވަރަކަށް ހުއްޓައި ނުލައްވާނެ ކަމަށެވެ. އަދި ތަކުރާރުކޮށް ވިދާޅުވީ ޓެރަރިޒަމް ފަދަ އަނިޔާއެއް ދިން ކަމުގަިއ ވިނަމަވެސް އެމަނިކުފާނު ހުންނަވާނީ ރައްޔިތުންގެ ފަޅީގައި ކަމަށާއި، މުޒާހަރާ އަށް ވެސް ނުކުންނަވާނެ ކަމަށެވެ.

ކުރީގެ ރައީސުންގެ ސެކިއުރިޓީ ކަނޑާލުމަކީ ގައުމީ ސަލާމަތަށް އޮތް ނުރައްކަލަކަށް ވާނެ ކަމެއްކަން ފާހަގަ ކުރައްވަމުން ރައީސް ނަޝީދު ވިދާޅުވީ މީގެ ކުރިން ވެސް ސިޔާސީ ފަރާތްތަކަށް އެންމެ ގިނައިން ހަމަލާތައް ދީފައި ވަނީ ވެސް އެއްވުންތަކާއި މުޒާހަރާ ތަކުން ކަމަށެވެ.

ދާދި ފަހަކުން އެމްޑީޕީން މާލޭގައި ކުރިއަށްގެންދިޔަ މުޒާހަރާ ތަކުގައި ކުރީގެ ތިން ރައީސުން ވެސް ބައިވެރިވެލައްވާފައިވާ ކަން ވެސް ފާހަގަކޮށްލެވެ އެވެ. އެހެން ނަމަވެސް އޭރު ރައީސުންގެ ސެކިއުރިޓީ ކަނޑާލާފައެއް ނުވެ އެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk