logo
ފައިނޭންޝިއަލް އެކްސްޕޯ 2026 / ފޮޓޯ: އަސްލުޓީވީ

ފައިނޭންޝިއަލް އެކްސްޕޯ 2026 / ފޮޓޯ: އަސްލުޓީވީ

އެމްއެމްއޭއިން ކުރިއަށް ގެންދިޔަ "ފައިނޭންޝިއަލް އެކްސްޕޯ 2026" ނިންމާލައިފި

profile

ރިޟްވާން މޫސާ - 04 ޖުލައި 2026 - 18:27

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން އިންތިޒާމުކޮށްގެން ރާއްޖޭގެ ވިޔަފާރީގެ ދާއިރާތަކަށް ހާއްސަކޮށްގެން ހުޅުމާލޭ ސެންޓްރަލް ޕާކުގައި ކުރިއަށްގެންދިޔަ ފައިނޭންޝިއަލް އެކްސްޕޯ 2026 ކާމިޔާބު ކަމާއެކު ނިންމާލައިފި އެވެ.

https://wamco.com.mv/

މަރުކަޒީ ބޭންކް،އެމްއެމްއޭގެ މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯ މިދިޔަ ބުރާސްފަތި ދުވަހު ފަށާފައިވާއިރު ހޮނިހިރު ދުވަހުގެ ނިޔަލަށް މި އެކްސްޕޯ ކުރިއަށް ގެންގޮސްފައިވެ އެވެ.

ފައިނޭންޝިއަލް އެކްސްޕޯގައި ރާއްޖޭގައި އޮޕަރޭޓް ކުރާ އެކިއެކި ބޭންކް ތަކާއި، މުޅިން އަލަށް ރާއްޖެއަށް ތައާރަފް ކުރި ބޭންކް ތަކުގެ އިތުރުން ރާއްޖޭގައި ހުރި އިންޝްއަރެންސް ކޮމްޕެނީ ތަކާއި، އަލަށް ތައާރަފް ކޮށްފައިވާ އިންޝްއަރެންސް ކޮމްޕެނީތައް ވެސް މި އެކްސްޕޯގައި އެކި އެކި ސްޓޯލްތަކުން ފެނިގެން ގޮސްފައިވާ ކަން ފާހަގަކޮށްލެވެ އެވެ.

އެންމެ ބޮޑަށް ފާހަގަކޮށްލެވޭ އެއްކަމަކީ މި އެކްސްޕޯގައި ފައިނޭންސިން ނުވަތަ މާލީ ދާއިރާތަކުން ހޯދަން ބޭނުންވާ ޙިދުމަތެއް ނުވަތަ ގެދޮރު އިމާރާތް ކުރުމުގެ ލޯނާއި، ބެންކުން ދެމުން އަންނަ ޙިދުމަތްތަކާއި، މީގެ އިތުރުން މުއާސަލާތީ ޙިދުމަތްދޭ އެކިއެކި ކުންފުނި ތަކުންނާއި، ހައުސިން ޑިވަލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަންގެ ޙިދުމަތްތަކާއި، ހައުސިން ޑިވަލޮޕްމަންޓް ކޯޕަރޭޝަން އެޗްޑީސީގެ ޙިދުމަތްތަކުގެ އިތުރުން ރާއްޖޭގެ ބޮޑެތި ކުންފުނިތަކުގެ މަސައްކަތްތަކުގެ ތެރެއިން ޙިދުމަތް ހޯދަން ބޭނުންވާ ފަރާތްތަކަށް އެކަންކަމުގެ މައުލާތުތައް ފަސޭހަ ކަމާއެކު ލިބިގެން ދިއުމެވެ.

ފައިނޭންޝިއަލް އެކްސްޕޯގެ ފަހު ދެދުވަހު ވަނީ ތަފާތު އެކި މުނިފޫހިފިލުވުމުގެ ހަރަކާތްތަކާއި ކުޅިވަރުގެ އިތުރުން އެތައް އިނާމެއް ލިބިގެންދިއުމުގެ ފުރުސަތު ތަކަކާއެކު ކުޑަކުދިންގެ ހަވީރެއްވެސް ބާއްވާފަ އެވެ.

މީގެ އިތުރުން ކުޑަކުދިންނަށް ޚާއްސަ ހަރަކާތްތައް ކުރިއަށް ގެންގޮސްފައިވާއިރު މި އެކްސްޕޯއަށް ޒިޔާރަތް ކުރާ ފަރާތްތަކަށް 25000 ރުފިޔާގެ ފައިސާގެ އިނާމް ކޮންމެ ދުވަހަކު ލިބުމުގެ ފުރުސަތު އޮތެވެ. އަދި ކޮންމެ ދުވަހަކު 5 އައިޕެޑާއި އެ ނޫންވެސް އެތައް އިނާމުތަކެއްވެސް ދީފައިވެ އެވެ.

ފައިނޭންޝަލް އެކްސްޕޯއަކީ މާލީ ދާއިރާގައި ހުރި ފުރުޞަތުތަކާއި، އަލަށް ތައާރަފުކުރާ ޚިދުމަތްތަކާގުޅޭ މައުލޫމާތު ހޯދައި، މާލީ ގޮތުން ހަރުދަނާ ނިންމުންތައް ނިންމުމަށް ބޭނުންވާ އަމަލީ އިރުޝާދު ހޯދުމަށް މުހިންމު އެކްސްޕޯއަކަށް ވެގެން ގޮސްފައިވާ ކަމަށް ގިނަ ބަޔަކު ފާހަގަކޮށްފައިވެ އެވެ.

އެމްއެމްއޭގެ ފައިނޭންޝިއަލް އެކްސްޕޯ ނިންމާލާފައިވަނީ ފޯރިގަދަ ހަވާ އެރުވުމުގެ ހަރަކާތްތަކާވެސް އެކުގައިކަން ފާހަގަކޮށްލެވެ އެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk