logo

އީރާނުގެ އެންމެ މަތީ ވެރިޔާ އާޔަތުﷲ އަލީ ޚާމަނާއީގެ ޖަނާޒާގެ ކަންކަމުގައި ބައިވެރިވުމަށް، އެތައް މިލިއަން ރައްޔިތުންނެއް!

profile

ރިޟްވާން މޫސާ - 04 ޖުލައި 2026 - 11:43

ހަނގުރާމައިގެ ތެރޭގައި ލިބުނު އަނިޔާތަކާ ގުޅިގެން އަވަހާރަވި އީރާނުގެ އެންމެ މަތީ ވެރިޔާ އާޔަތުﷲ އަލީ ޚާމަނާއީގެ ޖަނާޒާގެ ކަންކަމުގައި ބައިވެރިވުމަށް، އެތައް ހާސް އީރާނު ރައްޔިތުންނެއް ތެހެރާންގެ ބޮޑު މައިދާނަކަށް އެއްވެއްޖެއެވެ.

https://wamco.com.mv/

އާޔަތުﷲ އަލީ ޚާމަނާއީ އަކީ ވޭތުވެދިޔަ 37 އަހަރު ދުވަހު އީރާނުގެ އިސްލާމީ ޖުމްހޫރިއްޔާގެ ވެރިކަން ކުރެއްވި ބޭފުޅެކެވެ. އެމަނިކުފާނު އަވަހާރަވީ އެމެރިކާ އާއި އިސްރާއީލުން އީރާނާ ދެކޮޅަށް ކުރަން ފެށި ހަނގުރާމައިގެ ކުރީކޮޅުގައެވެ.

މި ހިތާމަވެރި މުނާސަބަތުގައި ބައިވެރިވި މީހުން ތިބީ ކަޅު ހެދުމުގައެވެ.

އަދި އީރާނުގެ ރަތް، ހުދު އަދި ފެހި ކުލައިގެ ގައުމީ ދިދަ ހަށިގަނޑުގައި އޮޅާލައިގެން ތިބިއިރު، އެމީހުން ދިޔައީ އާޔަތުﷲ އަލީ ޚާމަނާއީގެ އިތުރުން، އެމަނިކުފާނުގެ ދަރިކަލުން އަދި އީރާނުގެ އާ އެންމެ މަތީ ވެރިޔާ މުޖުތަބާ ޚާމަނާއީގެ ފޮޓޯތައް ޖަހާފައިވާ ޕޯސްޓަރުތަކާއި ކަރުދާސްތައް އުފުލަމުންނެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk