logo
އެމްޑީޕީގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުން: ފޮޓޯ/ އަސްލުޓީވީ ރިޝްވާން މޫސާ

އެމްޑީޕީގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުން: ފޮޓޯ/ އަސްލުޓީވީ ރިޝްވާން މޫސާ

ޑޮލަރުގެ އަގު ދެން ބަދަލުވާނީ 23 ރުފިޔާ އަށް: ރައީސް ނަޝީދު

profile

ރިޟްވާން މޫސާ - 05 ޖުލައި 2026 - 11:53

ޑޮލަރުގެ އަގު ރާއްޖޭގައި ބޮޑުވެގެން ދިއުމާއެކު ޑޮލަރު ލިބުން ދަތިވެ ކުރިއަށް އޮތް ތަނުގައި ޑޮލަރެއްގެ އަގު 23 ރުފިޔާ އަށް އަރާނެ ކަމަށް ލަފާކުރެވޭ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

https://wamco.com.mv/

އެމްޑީޕީގެ އޮފީހުގައި މިއަދު ބޭއްވި ނުސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ކުރީގެ ރައީސް އަދި އެމްޑީޕީގެ ޗެއާޕާސަން މުހައްމަދު ނަޝީދު ވިދާޅުވީ ޑޮލަރުގެ މައްސަލަ އަށް ހައްލު ހޯއްދަވައި ދެއްވުމަށް ވައުދުވެ ވަޑައިގެން އައި މި ސަރުކާރަކުން އެކަމެއް ހައްލުކޮށްދެވިފައި ނުވާ ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ މި ސަރުކާރަކުން ބޭރުގެ އެއްވެސް ގައުމަކުން ޑޮލަރެއް ނުހޯދުނު ކަމަށާއި، އެއްވެސް ތަނަކުން ބޭރުފައިސާ އެއްވެސް ނުގަނެވުނު ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ މި ސަރުކާރުން ބޮންޑެއް ވިއްކައިގެން ވިޔަސް އަދި ލުއި ލޯނެއް ނަގައިގެން ވިޔަސް އަދި އެހެން ގޮތަކުން ވިޔަސް މި ސަރުކާރަށް ޑޮލަރެއް އަދި ބޭރު ފައިސާ އެއްވެސް ނުހޯދުނު ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ މެދުއިރުމަތީގެ ހަނގުރާމަ އާއި ގުޅިގެން ބޭރުގެ ގައުމަކުން އެހީއެއް ލިބުނު ކަމުގައި ވިޔަސް އެކަމެއް ފެންނަން ނެތް ކަމަށާއި، އާންމްދަނީގެ ހާލަތު ދަށްވެފައިވާ ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ ޑޮލަރު ހޯދުމަކަށް އަދި ޑޮލަރުގެ މައްސަލަ އަށް ހައްލެއް ހޯދުމަކަށް މި ސަރުކާރުގެ އެއްވެސް ގާބިލްކަމެއް ނެތް ކަމަށެވެ.

ރާއްޖޭގައި ޑޮލަރުގެ އަގު އިންތިހާ އަށް ބޮޑުވަމުން އަންނަ ކަމަށާއި، ބައެއް ބޭފުޅުން ޑޮލަރެއްގެ އަގު 21 ރުފިޔާ އަށް ދާނެ ކަމަށް ލަފާކުރެވޭ ކަމަށް ފާހަގަކޮށްފައި ވާކަން ފާހަގަ ކުރައްވަމުން އެމަނިކުފާނު ވިދާޅުވީ ޑޮލަރުގެ އަގު އެމަނިކުފާނަށް އަންދާޒާ ކުރެވެނީ 23 ރުފިޔާ އަށް އަރާނެ ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ މިހާރުގެ ހާލަތު މިއޮތްގޮތަށް އޮތްކަމަށް ވާނަމަ ޑޮލަރު އެއްގޮތަކަށް ވެސް ނުލިބުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމަށެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk