
ސުޖާއުގެ ގޮނޑި ގެއްލުވާލި މައްސަލަ ކޯޓަށް ހުށައަޅާނަން: ރައީސް ނަޝީދު

ރިޟްވާން މޫސާ - 05 ޖުލައި 2026 - 12:48
ވ.ތިނަދޫ ކައުންސިލް ރައީސްގެ ގޮނޑި ގެއްލުވާލާފައިވަނީ ޤާނޫނާ ޚިލާފަށްކަމަށް ވިދާޅުވެ އެ މައްސަލަ ކޯޓަށް ހުށައަޅުއްވާނެ ކަމަށް އެމްޑީޕީގެ ޗެއަރޕަރސަން، ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ޕާޓީ ބަދަލުކުރި މައްސަލައިގައި ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީގެ ގޮނޑި ގެއްލިއްޖެ ކަމަށް ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ)އިން ވަނީ ކަނޑައަޅާފަ އެވެ.
އެމްޑީޕީގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި "އަސްލުޓީވީ"ން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ ސުޖާއުގެ ގޮނޑި ގެއްލުވާމުގެ މައްސަލަ އަކީ ބަލައިގަނެވޭނެ މައްސަލައެއް ނޫން ކަމަށާއި، އެކަން ކޮށްފައިވަނީ ގާނޫނާއި ޙިލާފަށް ކަމަށެވެ.
ރައީސް ނަޝީދު ވިދާޅުވީ މި މައްސަލަ ކޯޓަށް ހުށައެޅުމަށް އެމްޑީޕީގެ ގާނޫނީ ވަކީލުންގެ ޓީމަކުން މަސައްކަތް ކުރައްވަމުން އަންނަ ކަމަށާއި، އަންނަ ހަފްތާގެ ތެރޭގައި އެންމެ ލަސްވެގެން މި މައްލަ ކޯޓަށް ހުށައަޅުއްވާނެ ކަމަށެވެ.
ނަޝީދު ވިދާޅުވީ، ތިނަދޫ ކައުންސިލް ރައީސް ވަކިކުރިއިރު ޙަވާލާދިން މާއްދާއަކީ މީހަކު ވަކިކުރާއިރު ޙަވާލާދޭންޖެހޭ މާއްދާއެއް ނޫން ކަމަށެވެ. އަދި ވިދާޅުވީ، ކައުންސިލަރެއްގެ ޝަރުތު ބަޔާންކޮށްފައިވަނީ ލޯކަލް ކައުންސިލުތަކުގެ އިންތިޚާބުގެ ޤާނޫނުގެ 12 ވަނަ މާއްދާގައި ކަމަށެވެ.
ޝުޖާއު އަކީ ނިމިގެން ލޯކަލް ކައުންސިލް އިންތިޙާބުގައި ވާދަކޮށް އަލަށް ތިނަދޫ ކައުންސިލްގެ ރައީސްގެ މަގާމަށް ހޮވެވިވަޑައިގެންނެވި ބޭފުޅެކެވެ.
ޝުޖާއު އެ މަގާމަށް ހޮވިފައި ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްކޮށް ހުންނަވައި އުފެއްދެވި ދަޑިމޮކްރެޓްސްގެ ކެންޑިޑޭޓެއްގެ ގޮތުގަ އެވެ.
ނަމަވެސް ދާދި ފަހަކުން އިލެކްޝަން ކޮމިޝަނުން ވަނީ ސިޔާސީ ޕާޓީއެއްގެ ޝަރުތު ހަމަނުވާތީ ދަޑިމޮކްރެޓްސް އުވާލައްވާފަ އެވެ. އަދި އެކަން އިލެކްޝަން ކޮމިޝަނުން ވަނީ އާންމުކޮށް އަންގައި އިއުލާނުވެސް ކޮށްފަ އެވެ. ޝުޖާއު ޑިމޮކްރެޓްސްގައި ހުންނަވަނިކޮށް ޕާޓީ އުވާލުމުން އޭނާ ވަނީ އެމްޑީޕީ އަށް ސޮއިކުރައްވާފަ އެވެ.
އެލްޖީއޭ އިން ބުނި ގޮތުގައި، ސިޔާސީ ޕާޓީއެއްގެ ޓިކެޓުގައި އިންތިޚާބުވާ ކައުންސިލަރަކު، އެ ހިނގާ ދައުރެއްގެ ތެރޭގައި އެހެން ޕާޓީއަކަށް ބަދަލުވެ އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ދަފްތަރުގައި ހިމެނިއްޖެނަމަ، އަމިއްލައަށް މަގާމުން ވަކިވާނެ ކަމަށް ގާނޫނުގައި ސާފުކޮށް ބަޔާންކޮށްފައިވެއެވެ.
ގުޅުން ހުރި ޙަބަރުތައް
.jpg&w=3840&q=75)
ސެކިއުރިޓީ ކަނޑާލިޔަސް މުޒާހަރާ އަށް ނުކުންނާނަން: ރައީސް ނަޝީދު
4 ގަޑިއިރު ކުރިން

ޑޮލަރުގެ އަގު ދެން ބަދަލުވާނީ 23 ރުފިޔާ އަށް: ރައީސް ނަޝީދު
6 ގަޑިއިރު ކުރިން

އެމްއެމްއޭއިން ކުރިއަށް ގެންދިޔަ "ފައިނޭންޝިއަލް އެކްސްޕޯ 2026" ނިންމާލައިފި
ދުވަހެއް ކުރިން

އެމެރިކާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސް ތަހުނިޔާ ފޮނުއްވައިފި
ދުވަހެއް ކުރިން


.gif&w=3840&q=75)