logo

ގެއްލުނު ބިދޭސީ މީހާގެ މަރާއި ގުޅިގެން އެކަކު ހައްޔަރުކޮށްފި

profile

މުޙައްމަދު ފަޟްލޫން - 01 ފެބްރުއަރީ 2026 - 08:15

ގެއްލިގެން ހޯދަމުން ދިޔަތާ ދެ ދުވަސް ފަހުން 24 އަހަރުގެ ބިދޭސީއަކު މަރުވެފައި އޮއްވާ ފެނުނު މައްސަލައިގައި މީހަކު ހައްޔަރުކޮށްފިއެވެ.

https://wamco.com.mv/

އެ ބިދޭސީ މީހާ ގެއްލިގެން ހޯދަން ފެށީ މި މަހުގެ 26ވަނަ ދުވަހުއެވެ.

ބިދޭސީ މީހާ މަރުވެފައި ފެނިފައިވަނީ ހުސްވި ޖެނުއަރީ މަހުގެ 28 ވަނަ ދުވަހުއެވެ.

އޭނާ މަރުވެފައި އޮއްވާ ފެނިފައިވަނީ ތިލަފުށިންނެވެ.

މަރުވެފައި އޮއްވާ ފެނިފައިވަނީ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އުމުރުން 24 އަހަރުގެ އަމީން މިއާއެވެ.

ފުލުހުން ބުނީ މިހާތަނަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު، އަމީން މިއާ މަރުވުމަށް މެދުވެރިވެފައިވަނީ ޖެނުއަރީ 26ވަނަ ދުވަހުގެ މެންދުރުގެ ވަގުތެއްގައި ކުނި ޖަމާކޮށްފައިވާ ސައިޓްގެ ބައެއްގައި އެކްސްކެވޭޓަރަކުން ކުނި ނެގުމުގެ މަސައްކަތްކުރަނިކޮށް، އޭގެ ދަތްގަނޑުން ޖެހި ވެއްޓިގެން ކަމަށެވެ.

އަދި އެކްސްކެވޭޓަރުން ކުނިތައް އެތަނުގެ ކައިރިން އެހެން ދިމާލަކަށް ބަދަލުކުރުމުގެ ތެރޭގައި އެ މީހާގެ ހަށިގަނޑާއެކު ކުނިތައް ބަދަލުކުރެވި މީހާގެ ގައިމައްޗަށް ކުނިތަކެއް އެޅިގެން ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ބުނީ، ހާދިސާ ހިނގި ސަރަހައްދު ފެންނަ ސީސީޓީވީ ފުޓޭޖުން ފެންނަ ގޮތުގައި، އެކްސްކެވޭޓަރުގެ ދަތްގަނޑުން އަމީން މިއާ ގައިގައި ޖެހުނު ނަމަވެސް މެދުކެނޑުމެއް ނެތި، މަސައްކަތް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay