
ހުސްވި އަހަރު ނިމުނު އިރު ޖުމްލަ އާމްދަނީ ވަނީ 4 ބިލިއަނަށް އަރާފައި: އެސްޓީއޯ

މުޙައްމަދު ފަޟްލޫން - 30 ޖެނުއަރީ 2026 - 11:48
ހުސްވި އަހަރު ނިމުނު އިރު ކުންފުނީގެ ޖުމްލަ އާމްދަނީ ވަނީ 4 ބިލިއަނަށް އަރާފައިވާ ކަމަށް އެސްޓީއޯ އިން ބުނެފިއެވެ.
އެސްޓީއޯގެ އަހަރީ ހިސާބުތަކުން ދައްކާގޮތުން ހުސްވި އަހަރުގެ ފަހު ކުއަރޓަރ ގައި އެކުންފުންޏަށް ވަނީ 4.1 ބިލިއަން ރުފިޔާ ޖުމްލަ އާމްދަނީގެ ގޮތުގައި ލިބިފައެވެ.
މިއީ މީގެ ކުރީ ކުއާޓަރއާއި އަޅާ ބަލައި އިރު 8އިންސައްތައިގެ އިތުރުވުމެކެވެ.
ޖުމްލަ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ ކުންފުނީގެ ހުރިހާ ދާއިރާތަކުގެ ވިޔަފާރި ރަނގަޅުވެފައިވުމެވެ.
ތެލުގެ އާމްދަނީ 4 އިންސައްތައިން އިތުރުވެފައިވާއިރު އެހެނިހެން އާމްދަނީ ވަނީ 19 އިންސައްތައިން އިތުރުވެފައެވެ.
ޖުމްލަ އާމްދަނީ އިތުރުވުމާއެކު ޖުމްލަ ފައިދާގެ ގޮތުގައި ވަނީ 671 މިލިއަން ރުފިޔާ ލިބިފައެވެ.
މިއީ މީގެ ކުރީ ކުއާޓަރއާއި އަޅާ ބަލައި އިރު 11 އިންސައްތައިގެ އިތުރުވުމެކެވެ.
ހިންގުމުގެ ފައިދާ އޭގެ ކުރީ ކުއާޓަރއާއި އަޅާ ބަލައި 11 އިންސައްތައިން އިތުރުވެ، 322 މިލިއަން ރުފިޔާ ލިބިފައިވެއެވެ.
އަދި ފައިނޭންސް ކުރުމުގެ ހަރަދު ކުޑަކުރެވުމާއެކު ޓެކްސްއަށް ކެނޑުމުގެ ކުރިން ވަނީ ސާފު ފައިދާގެ ގޮތުގައި 276 މިލިއަން ރުފިޔާ ލިބިފައެވެ.
މިއީ މީގެ ކުރީ ކުއާޓަރއާއި އަޅާ ބަލައި އިރު 20 އިންސައްތައިގެ އިތުރުވުމެކެވެ.
ޓެކުހަށް ކެނޑުމަށްފަހު، މި ކުއާޓަރގެ ސާފު ފައިދާގެ ގޮތުގައި ވަނީ 244މިލިއަން ރުފިޔާ ލިބިފައެވެ.
2025 ވަނަ އަހަރު ކުންފުނީގެ ވިޔަފާރި ރަނގަޅު ވުމާއެކު ޖުމްލަ އާމްދަނީގެ ގޮތުގައިވަނީ 15.5 ބިލިއަން ރުފިޔާ ލިބިފައެވެ.
މިއީ މީގެ ކުރީ އަހަރާ އަޅާ ބަލައި އިރު 98 މިލިއަން ރުފިޔާގެ އިތުރުވުމެކެވެ.
އާމްދަނީ އިތުރުވުމާއެކު ކުންފުނީގެ ފައިދާ އިތުރުވެ ޓެކްސްއަށް ކެނޑުމުގެ ކުރިން މި އަހަރު ވަނީ 910 މިލިއަން ރުފިޔާ ލިބިފައެވެ.
ޓެކްސް އަށް ކެނޑުމަށްފަހު، މި އަހަރުގެ ސާފު ފައިދާގެ ގޮތުގައި ވަނީ 762 މިލިއަން ރުފިޔާ ލިބިފައެވެ.
މިއީ، އޭގެ ކުރީ އަހަރާ އަޅާ ބަލައި 3 އިންސައްތައިގެ އިތުރުވުމެއް ކަަމަށް އެކުންފުނިން ވަނީ ބުނެފައެވެ.
އެސްޓީއޯ އިން ވަނީ އެކުންފުނީގެ ކަންކަމުގައި ބަހައްޓަމުންގެންދާ ޝައުގުވެރިކަމަށްޓަކައި އެކުންފުނީގެ އެންމެހައި ބައިވެރިންނަށް ޝުކުރު އަދާކޮށްފައެވެ.
ގުޅުން ހުރި ޙަބަރުތައް

އެމް.އޭ.ސީ.އެލްގެ ސެކިއުރިޓީ އޮފިސަރުން ތަމްރީނުކުރުމުގެ ޕްރޮގްރާމްގެ ފުރަތަމަ ބެޗް އިފްތިތާހުކޮށްފި
26 މިނިޓު ކުރިން

ފަންނުވެރިޔާ ގުމޭރިއާ އަމިއްލަ އަތުން ވިޔެ ތައްޔާރުކޮށްފައިވާ ދިވެހި ފޭއްޔެއް ރައީސަށް ހަދިޔާކުރައްވައިފި
41 މިނިޓު ކުރިން

ރައްކާ ރޯޑް ސޭފްޓީ ކެމްޕެއިން ކުރިއަށް ގެންދިއުމަށް އެލައިޑާއެކު އެއްބަސްވުމެއް
42 މިނިޓު ކުރިން

ޑރ. ޢަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލުން ހިތުގެ ބަލިތަކަށް ފަރުވާދޭން ރަސްމީކޮށް ފަށައިފި
43 މިނިޓު ކުރިން


