
އެމް.އޭ.ސީ.އެލްގެ ސެކިއުރިޓީ އޮފިސަރުން ތަމްރީނުކުރުމުގެ ޕްރޮގްރާމްގެ ފުރަތަމަ ބެޗް އިފްތިތާހުކޮށްފި

އައިޝަތު އިނާޝާ - 01 ފެބްރުއަރީ 2026 - 13:34
މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމް.އޭ.ސީ.އެލް) އިން، އެއަރޕޯޓުގެ ސަލާމަތީ ކަންކަން ވަރުގަދަކުރުމަށާއި ފަންނީ މިންގަނޑުތައް ހިފެހެއްޓުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން، އެމް.އޭ.ސީ.އެލްގެ އެސްޓޭޓް ސެކިއުރިޓީ އޮފިސަރުން ތަމްރީނުކުރުމުގެ ޕްރޮގްރާމްގެ ފުރަތަމަ ބެޗް ރަސްމީކޮށް އިފްތިތާހުކޮށްފިއެވެ.
ހުޅުލޭ އައިލަންޑް ހޮޓަލުގައި ބޭއްވި މި ރަސްމިއްޔާތުގެ ޝަރަފުވެރި މެހެމާނަކީ ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން، ރިޓަޔަރޑް ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު ފަސީހްއެވެ. މިރަސްމިއްޔާތުގައި އެމް.އޭ.ސީ.އެލްގެ ހެޑް އޮފް އެސްޓޭޓް ސެކިއުރިޓީ ސާވިސް، ޖެނެރަލް މެނޭޖަރ ހަސަން އަޝީތު އާއި އެ ޑިޕާޓްމަންޓްގެ އިސްވެރިން ވަނީ ބައިވެރިވަޑައިގެންފައެވެ.
މޯލްޑިވްސް ޕޮލިސް ސަރވިސްއާއި ގުޅިގެން ކުރިއަށްގެންދާ މި ޕްރޮގްރާމު ހިންގުމަށް ހަމަޖެހިފައިވަނީ ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓް އިންނެވެ. ފަސްދުވަހުގެ މުއްދަތަކަށް ކުރިއަށްގެންދާ މި ޕްރޮގްރާމުގައި، އެމް.އޭ.ސީ.އެލްގެ އެސްޓޭޓް ސެކިއުރިޓީ ސަރވިސް ގެ 28 އޮފިސަރުން ބައިވެރިވެ އެވެ.
އަމަލީ ތަމްރީނުތަކާއި، ތިއަރީ ހިމެނޭހެން ފަރުމާކޮށްފައިވާ މި ޕްރޮގްރާމްގައި ކިޔަވައިދެވޭ ބައިތަކުގެ ތެރޭގައި ޤާނޫނީ އޮނިގަނޑުތަކާއި، ފަންނީ އަޚުލާގާއި، ޕެޓްރޯލް ކުރުމުގެ އުކުޅުތަކާއި، ހެކި ދެނެގަތުމާއި، އަމިއްލަ ނަފްސުގެ ދިފާއާއި، ޖިސްމާނީ ދުޅަހެޔޮކަން އަދި ޓީމެއްގެ ގޮތުގައި މަސައްކަތްކުރުން ހިމެނެއެވެ.
ގުޅުން ހުރި ޙަބަރުތައް

ފަންނުވެރިޔާ ގުމޭރިއާ އަމިއްލަ އަތުން ވިޔެ ތައްޔާރުކޮށްފައިވާ ދިވެހި ފޭއްޔެއް ރައީސަށް ހަދިޔާކުރައްވައިފި
2 ގަޑިއިރު ކުރިން

ރައްކާ ރޯޑް ސޭފްޓީ ކެމްޕެއިން ކުރިއަށް ގެންދިއުމަށް އެލައިޑާއެކު އެއްބަސްވުމެއް
2 ގަޑިއިރު ކުރިން

ޑރ. ޢަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލުން ހިތުގެ ބަލިތަކަށް ފަރުވާދޭން ރަސްމީކޮށް ފަށައިފި
2 ގަޑިއިރު ކުރިން

ދެ އެކަމަޑޭޝަން ބްލޮކެއް ބަލާފާސްކޮށް 16 ބިދޭސީން ހައްޔަރުކޮށްފި
2 ގަޑިއިރު ކުރިން


