logo

ދެ އެކަމަޑޭޝަން ބްލޮކެއް ބަލާފާސްކޮށް 16 ބިދޭސީން ހައްޔަރުކޮށްފި

profile

އައިޝަތު އިނާޝާ - 01 ފެބްރުއަރީ 2026 - 13:17

ދެ އެކަމަޑޭޝަން ބްލޮކެއް ބަލާފާސްކޮށް 16 ބިދޭސީން ހައްޔަރުކޮށްފިއެވެ.

https://wamco.com.mv/

ރާއްޖޭގައި ޤަވާއިދާ ޚިލާފަށް އުޅެމުންދާ ބިދޭސީން ހޯދުމަށް ސަރުކާރުގެ ކަމާގުޅުންހުރި ހުރިހާ އިދާރާއެއް ގުޅިގެން ބޮޑު އޮޕަރޭޝަނެއްދަނީ ހިންގަމުންނެވެ. އެގޮތުން ރާއްޖޭގެ އެކި ވިޔަފާރިތަކުގައާއި، ޤާނޫނާ ޚިލާފު ޢަމަލުތައް ހިންގަމުންދާ ފަރާތްތައް ހޯދުމުގެ މަސައްކަތްދަނީ ކުރަމުންނެވެ.

އަދި ރާއްޖޭގެ ޤާނޫނުތަކާއި ޚިލާފަށް ވިޔަފާރިތަކުގެ ތެރޭގައްޔާއި އެހެނިހެން ކަންކަމުގައި ޙަރަކާތްތެރިވަމުންދާ ބިދޭސީންނަށް އިތުރު ފުރުސަތެއް ދިނުމެއް ނެތި ޑީޕޯޓުކުރުމުގެ މަސައްކަތް ގެންދަނީ ކުރަމުންނެވެ.

ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލު ހޯދުމަށްޓަކައި ކުރަމުންދާ މަސައްކަތުގެ ދަށުން ޤަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންނަށް އަމާޒުކޮށް ކުރިއަށް ގެންދާ ރެއިޑް އޮޕަރޭޝަންތަކުގެ ތެރެއިން، ޓާސްކްފޯސްއިން ވަނީ މިިދިޔަ މަހުގެ 29ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި މާލޭގެ ފީރޯޒު މަގު އަދި ކެނެރީ މަގުގައި ހުރި 02 އެކަމަޑޭޝަން ބްލޮކެއް ބަލައި ފާސްކޮށްފައެވެ.

އަދި ޖުމްލަ 113 ބިދޭސީއަކު ޗެކްކޮށް، ޤަވާއިދާ ޚިލާފަށް ތިބި 16 ބިދޭސީއަކު ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައެވެ.

ޤަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން ކުރާ ވިޔަފާރިތައް ހުއްޓުވައި، އެފަދަ ފަރާތްތައް އަނބުރާ އެމީހުންގެ ޤައުމުތަކަށް ފޮނުވާލުމުގެ މަސައްކަތް ސަރުކާރުން ފަށާފަވާއިރު ފާއިތުވި ދެ އަހަރުގެ ތެރޭގައި ޤަވާއިދާ ޚިލާފަށް އުޅެމުން އައި އަދި ޖިނާޢީ ކުށްތަކުގައި ބައިވެރިވެފައިވާ 9188 ބިދޭސީން ވަނީ ރާއްޖެ އިން ފޮނުވާލާފައެވެ.

ބިދޭސީންގެ މަޢުލޫމަތު އެއްކުރުމަށް ހިންގާ އޮޕަރޭޝަންގެ ދަށުން އެއްލައްކަ ނުވަދިހަ ހާހަށްވުރެ ގިނަ ބިދޭސީންގެ މަޢުލޫމާތު ސަރުކާރުން މިހާރު ވަނީ އެއްކޮށްފައެވެ.

އަދި އިތުރު މަރުޙަލާތަކުގެ ދަށުން ރާއްޖެއަށް އެތެރެވުމަށް ކޯޓާ ދިން ފަރާތް ނޫން ފަރާތްތަކުގެ ކައިރީ މަސައްކަތް ކުރަމުންދާ ބިދޭސީން ގެންގުޅޭ ފަރާތްތަކަށް އޭޕްރީލް މަހުގެ 2 ވަނަ ދުވަހާއި ހަމައަށް ޤަވާއިދުގެ ތެރެއަށް ވަނުމުގެ ފުރުސަތު މިހާރު ވަނީ ދީފައެވެ.

އަދި އަންނަ އަހަރު އެއްވެސް ގޮތަކަށް ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީއަކު ފެނިއްޖެނަމަ އިތުރު ފުރުޞަތަކާ ނުލާ ޑީޕޯޓު ކުރާނެ ކަމުގެ އިންޒާރު ކަމާގުޅޭ އިދާރާތަކުން އަންނަނީ ދެމުންނެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay