
ޑރ. ޢަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލުން ހިތުގެ ބަލިތަކަށް ފަރުވާދޭން ރަސްމީކޮށް ފަށައިފި

އައިޝަތު އިނާޝާ - 01 ފެބްރުއަރީ 2026 - 13:17
ޑރ. ޢަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލުގައި ހިތުގެ ބަލިތަކަށް ފަރުވާ ދިނުމުގެ ޚިދުމަތް ރަސްމީކޮށް ފަށައިފިއެވެ.
މި ޚިދުމަތް ފެށުމަށް ބޭނުންވާ ކާޑިއޮލޮޖިސްޓް 27 ޖެނުއަރީ 2026 ގައި ތިނަދޫއަށް ވަޑައިގަތުމާ ގުޅިގެން، ހޮސްޕިޓަލުން ރަސްމީކޮށް މި ޚިދުމަތް ދޭން ފަށާފައިވަނީ 29 ޖެނުއަރީ 2026 ގައެވެ.
މި ވަގުތު ދެމުންދާ ޚިދުމަތްތަކުގެ ތެރޭގައި، ހިތުގެ ބަލިތަކަށް ޚާއްޞަ އޯޕީޑީ ފަރުވާއާއި، ބަލިމީހުން އެޑްމިޓްކޮށްގެން ފަރުވާ ދިނުމުގެ އިތުރުން 'އެކޯ' ހެދުމުގެ ޚިދުމަތް ހިމެނެއެވެ.
މީގެ އިތުރުން، ހިތުގެ ބަލިތަކާ ގުޅުންހުރި އިތުރު ޚިދުމަތްތައް ވަރަށް އަވަހަށް ހޮސްޕިޓަލުގައި ތަޢާރަފުކުރުމަށް ވަނީ ހަމަޖެހިފައެވެ.
ގުޅުން ހުރި ޙަބަރުތައް

އެމް.އޭ.ސީ.އެލްގެ ސެކިއުރިޓީ އޮފިސަރުން ތަމްރީނުކުރުމުގެ ޕްރޮގްރާމްގެ ފުރަތަމަ ބެޗް އިފްތިތާހުކޮށްފި
2 ގަޑިއިރު ކުރިން

ފަންނުވެރިޔާ ގުމޭރިއާ އަމިއްލަ އަތުން ވިޔެ ތައްޔާރުކޮށްފައިވާ ދިވެހި ފޭއްޔެއް ރައީސަށް ހަދިޔާކުރައްވައިފި
2 ގަޑިއިރު ކުރިން

ރައްކާ ރޯޑް ސޭފްޓީ ކެމްޕެއިން ކުރިއަށް ގެންދިއުމަށް އެލައިޑާއެކު އެއްބަސްވުމެއް
2 ގަޑިއިރު ކުރިން

ދެ އެކަމަޑޭޝަން ބްލޮކެއް ބަލާފާސްކޮށް 16 ބިދޭސީން ހައްޔަރުކޮށްފި
2 ގަޑިއިރު ކުރިން


