logo

ގައިދީންނަށް ހާއްސަ ދީނީ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފި

profile

މުޙައްމަދު ފަޟްލޫން - 24 ފެބްރުއަރީ 2026 - 13:06

ރަމަޟާން މަހަށް ޚާއްޞަކޮށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން "އަވަސްވެގަންނާށެވެ! 1447" ޕްރޮގްރާމް ފަށައިފިއެވެ.

https://wamco.com.mv/

މި ޕްރޮގްރާމް ޚާއްސަކޮށްފައިވަނީ އައްސޭރި ޖަލުގެ ޤައިދީންނަށެވެ.

ކޮންމެ އަހަރަކުވެސް ކުރިޔަށްގެންދާ މި ޕްރޮގްރާމުގައި މި އަހަރު 92 ޤައިދީން ވަނީ ބައިވެރިވެފައެވެ. މި ޕްރޮގްރާމަކީ، ފަސް ހަފުތާގެ މުއްދަތަށް އެކުލަވާލެވިފައިވާ، މައިގަނޑު 6 މާއްދާ އާއި ހަރަކާތްތަކަށް އެކުލެވޭ ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމްގެ މަޤްޞަދަކީ ޤައިދީން ރަމަޟާން މަހަށް ފުރިހަމަ ގޮތުގައި އިސްތިޤްބާލު ކުރުވުމާއި އެ މައްސަރުގެ ބޭނުން އެންމެ އެދެވޭ ގޮތުގައި ހިފުމަށް ބާރުއެޅުމާއި، އިސްލާމް ދީނާއި ކީރިތި ޤުރުޢާނަށް ލޯބިކުރާ ބަޔަކަށް ވުމަށް ބާރުއެޅުމެވެ.

މީގެ އިތުރުން މި ޕްރޮގާމް މެދުވެރިކޮށް ބައިވެރިންނަށް އިސްލާމް ދީންގެ އަސާސީ މަޢުލޫމާތު ފޯރުކޮށްދިނުމާއި އިސްލާމީ ރިވެތި ސިފަތަކާއި އުޞޫލުތަކާ އެއްގޮތަށް އަޚްލާގާއި ސުލޫކަށް ބަދަލު ގެނައުމަށް ބާރުއަޅާނެއެވެ

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk