
ރައީސް މުއިއްޒު ގަލޮޅު އުތުރު ޑޯޓުޑޯގައި ބައިވެރިވެ ވަޑައިގެންފި

މުޙައްމަދު ފަޟްލޫން - 24 ފެބްރުއަރީ 2026 - 13:05
ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ގަލޮޅު އުތުރުގެ ދޮރުން ދޮރަށް ހަރަކާތުގައި ބައިވެރިވެ ވަޑައިގެންފިއެވެ.
މިއަދު މެންދުރުފަހު ގަލޮޅު އުތުރުގައި ކުރިއަށް ދިޔަ ދޮރުން ދޮރަށް ހަރަކާތުގައި ޕީއެންސީގެ ލީޑަރޝިޕްގެ އިސްބޭފުޅުންނާއި ދައުލަތުގެ ބައެއް ވަޒީރުންނާއި މަޖިލިސް މެމްބަރުން ބައިވެރިވެ ވަޑައިގެންނެވިއެވެ.
ރައީސްގެ ދޮރުން ދޮރަށް ހަރަކާތުގައި ގަލޮޅު އުތުރުން ލޯކަލް ކައުންސިލަށް ވާދަކުރާ ކެންޑިޑޭޓުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުން ބައިވެރިވިއެވެ.
ޕީއެންސީގެ ކެމްޕޭން ފޯރީގައި ކުރިއަށްދާއިރު ރޭ މާލޭގައި ޕީއެންސީ ގދ ތިނަދޫ ސިޓީގެ ޖަގަހައެއް ވަނީ ހުޅުވާފައެވެ.
ޕީއެންސީގެ ޕާޓީގެ ފަރާތުން ކެމްޕޭނުގެ ހަރަކާތްތައް މުޅި ރާއްޖޭގައި ކުރިއަށްގެންދާއިރު މިހާރު ވެސް ގިނަ ގޮނޑިތަކެއް އެ ޕާޓީއަށް ވަނީ ކަށަވަރުވެފައެވެ. އެގޮތުން ކައުންސިލްތަކުގެ 28 ގޮނޑިއާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ 41 ގޮނޑިއާއެކު، އިންތިޚާބަކާ ނުލައި ޖުމްލަ 69 ގޮނޑިއަށް ކޮންގްރެސް ޕާޓީގެ ކެންޑިޑޭޓުންނަށް ވަނީ ލިބިފައެވެ.
މިފަހަރުގެ ލޯކަލް ކައުންސިލް އިންތިހާބުގައި ވޯޓްލުމުގެ ހައްގު ލިބިގެންވާ 2 ލައްކަ އަށްވުރެ ގިނަ މީހުން ތިބިކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފައެވެ.
ގުޅުން ހުރި ޙަބަރުތައް

ގައިދީންނަށް ހާއްސަ ދީނީ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފި
3 ގަޑިއިރު ކުރިން

9 ރަށެއްގައި މުޅިން އަލަށް އަންހެނުންގެ ހާއްސަ ޑޮކްޓަރުން ފަރުވާދޭން ފަށައިފި
3 ގަޑިއިރު ކުރިން

ޔުނީފޯމްއެޅި މުއައްސަސާތަކުގައި އަންހެން މުވައްޒަފުން މަސައްކަތް ކުރަނީ ޒިންމާދާރުކަމާއެކު: ދިޔާނާ
3 ގަޑިއިރު ކުރިން

ޔޫއޭއީ ސަފީރު، ރައީސް މުއިއްޒުގެ އަރިހަށް ޒިޔާރަތްކުރައްވައިފި
4 ގަޑިއިރު ކުރިން


.gif&w=3840&q=75)