
ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް ފާޠިމަތު ދިޔާނާ
ޔުނީފޯމްއެޅި މުއައްސަސާތަކުގައި އަންހެން މުވައްޒަފުން މަސައްކަތް ކުރަނީ ޒިންމާދާރުކަމާއެކު: ދިޔާނާ

މުޙައްމަދު ފަޟްލޫން - 24 ފެބްރުއަރީ 2026 - 13:06
ޔުނީފޯމްއެޅި މުއައްސަސާތަކުގައި އަންހެން މުވައްޒަފުން މަސައްކަތް ކުރަނީ ޒިންމާދާރުކަމާއެކު ކަމަށް ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް ފާޠިމަތު ދިޔާނާ ވިދާޅުވެއްޖެއެވެ.
ދިޔާނާ މިފަދައިން ވިދާޅުވީ ދިވެހިރާއްޖޭގެ ގާނޫނު ތަންފީޒުކުރާ އިދާރާތަކާއި ދިފާއީ ހިދުމަތުގެ ދާއިރާގައި މަސައްކަތްކުރާ އަންހެން މުވައްޒަފުން ބާރުވެރިކުރުމަށާއި، އަންހެން މުވައްޒަފުންގެ ލީޑަރޝިޕް ގާބިލުކަން އިތުރުކުރުމަށް ހަރަކާތްތެރިވާނެ މުވައްޒަފުން މެންޓަރސްގެ ގޮތުގައި ބިނާކުރުމަށް ކުރިއަށް ގެންދިޔަ "ޓްރެއިނިންގ ފޯ ވިމެން މެންޓަރސް" ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ދެއްކެވި ވާހަކައިގައެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް ވަނީ ޤާނޫން ތަންފީޒުކުރާ، ޔުނީފޯމްއެޅި މުއައްސަސާތަކައް ބަލާއިރު އަންހެން މުވައްޒަފުން، މުޖުތަމައުގައި ކުށްކުރުން ހުއްޓުވުމަށް ކުރާ މަސައްކަތުން ފެށިގެން ގޮސް ޓްރެފިކް ބެލެހެއްޓުމަށާއި ބޯޑަރުގައި މުދާ ބަލައި ފާސްކުރުމުގައި އަންހެން މުވައްޒަފުން ހަރަކާތްތެރިވާކަން ފާހަގަކުރައްވާފައެވެ.
މީގެ އިތުރަށް ރާއްޖެ އަންނަ ފަސިންޖަރުންގެ ކަންކަން ބެލެހެއްޓުމާއި، ޖަލުތަކުގައި ގައިދީންނާ ގުޅުންހުރި ކަންކަން ބެލެހެއްޓުން ފަދަ މުޖުތަމައުއަށް ބޭނުންތެރި އަދި ގޮންޖެހުންތައް ގިނަ ހިދުމަތްތައް ފޯރުކޮށްދިނުމުގައި އަންހެން މުވައްޒަފުން ހަރަކާތްތެރިވަނީ ޒިންމާދާރުކަމާއެކުގައި ކަމަށް ދިޔާނާ ވިދާޅުވިއެވެ.
މިމަހުގެ 8 އިން 12 އަށް ކުރިއަށް ގެންދިޔަ މި ޕްރޮގްރާމްގައި ދިވެހި ފުލުހުންގެ ޚިދުމަތާއި، މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސްއާއި، މޯލްޑިވްސް ކަސްޓަމްސް ސަރވިސްއާއި، މޯލްޑިވްސް އިމިގްރޭޝަނާއި، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އަދި އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުގެ އަންހެން މުވައްޒަފުން ހިމެނޭހެން 24 މުވައްޒަފުން ބައިވެރިވިއެވެ.
ގުޅުން ހުރި ޙަބަރުތައް

ގައިދީންނަށް ހާއްސަ ދީނީ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފި
3 ގަޑިއިރު ކުރިން

9 ރަށެއްގައި މުޅިން އަލަށް އަންހެނުންގެ ހާއްސަ ޑޮކްޓަރުން ފަރުވާދޭން ފަށައިފި
3 ގަޑިއިރު ކުރިން

ރައީސް މުއިއްޒު ގަލޮޅު އުތުރު ޑޯޓުޑޯގައި ބައިވެރިވެ ވަޑައިގެންފި
3 ގަޑިއިރު ކުރިން

ޔޫއޭއީ ސަފީރު، ރައީސް މުއިއްޒުގެ އަރިހަށް ޒިޔާރަތްކުރައްވައިފި
4 ގަޑިއިރު ކުރިން


.gif&w=3840&q=75)