logo

ސްޕެއިންގައި ކިޔަވާ ދަރިވަރުން ވިސާ ނެގުމަށް ލުއި ގޮތްތަކެއް ހަމަޖައްސައިފި

profile

މުޙައްމަދު ފަޟްލޫން - 12 އޯގަސްޓު 2025 - 12:15

ސްޕެއިންގައި ކިޔަވާ ދަރިވަރުން ވިސާ ނެގުމަށް ލުއި ގޮތްތަކެއް ސަރުކާރުން ހަމަޖައްސައިފިއެވެ.

https://wamco.com.mv/

ސްޕެއިންގައި ކިޔެވުމަށް ވިސާ ނެގުމުގައި ލުއި ގޮތްތަކެއް ދަރިވަރުންނަށް ހަމަޖައްސައިދީފައިވާކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ އަލީ ހައިދަރު ވަނީ ވިދާޅުވެފައެވެ.

ސްޕެއިންގައި ކިޔަވަމުންދާ ދަރިވަރުންނަށް ދިމާވާ ދަތިތަކާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހަށް ހުށައަޅާފައިވާ ޕެޓިޝަނަށް ޖަވާބުދާރީވެ ވަޑައިގަންނަވަމުން މިނިސްޓަރ ވިދާޅުވީ ސްޕެއިންގައި ކިޔަވަމުންދާ ދަރިވަރުންނަށް ހައްލު ހޯދައިދިނުމުގެ ގޮތުން ހަަޔަރ އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން މަސައްކަތްތަކެއްކޮށްފައިވާ ކަމަށެވެ.

މަޖިލީހުގެ ޕެޓިޝަން ކޮމިޓީގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ ހައިދަރު ވިދާޅުވީ ސްޕެއިންގައި ކިޔަވަމުންދާ ދަރިވަރުންނާ މިނިސްޓްރީގެ ފަރާތުން އޮންލައިންކޮށް ބައްދަލުކުރި ކަމަށެވެ. އެގޮތުން ދަރިވަރުންނަށް ސްޓޫޑެންޓް ލޯން ފޯރުކޮށްދިނުމުގައި ދިމާވާ ދަތިތަކަށް ހައްލު ހޯދުމަށް ފިނޭންސް މިނިސްޓްރީ އާއި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއާ ބައްދަލުކޮށްފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި ފިނޭންސް މިނިސްޓްރީގެ ފަރާތުން ލަފާދެއްވީ ވަކި ދަރިވަރުންތަކަކަށް ހައްލު ހޯދައިދިނުމަށް ފައިސާގެ އެހީ ފޯރުކޮށްދިނުމުގެ ބަދަލުގައި މިހާރު އެކުލަވާލާފައިވާ އުޞޫލުތަކުގެ ތެރެއިން ހައްލު ހޯދައިދިނުމަށް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ،

ސްޕެއިންގައި ސްޓޫޑެންޓް ލޯނުގެ ދަށުން ކިޔަވާ ދަރިވަރުންނަށް ސްޓްރައިޕެންޑް އެލަވަންސް އާއި ކޯސްފީ އާއި އެހެނިހެން ހަރަދުތައް ކުރަން ފައިސާ ނުލިބި ލަސްވަމުންދާ ކަމަށް ބުނެ މީސްމީޑިއާގައި ކަންބޮޑުވުން ފާޅުކޮށް ހަޔަރ އެޑިއުކޭޝަން އަށް މީގެ ކުރިން ސިޓީއެއް ވަނީ ހުށަހަޅާފައެވެ. އެ ސިޓީގައި މިނިސްޓަރު ހައިދަރާ ރަސްމީކޮށް ވީޑިއޯ ކޮންފަރެންސެއް ހަމަޖައްސައިދިނުމަށާއި ރަސްމީ ޖަވާބެއް ދިނުމަށް އެދިފައެވެ.



https://wamco.com.mv/
tel:+9607331319