logo
ބްރެޒިލް އާއި މޮރޮކޯ ވާދަކުރި މެޗުގެ ތެރެއިން

ބްރެޒިލް އާއި މޮރޮކޯ ވާދަކުރި މެޗުގެ ތެރެއިން

ފަހުވަގުތު މޮރޮކޯ ކަޓުވާލުމަށް ފަހު ބްރެޒިލް ސެމީފައިނަލުން ޖާގަ ހޯދައިފި

profile

ހަސަން ޝަމްއޫން - 22 ނޮވެމްބަރު 2025 - 02:50

ގަތަރުގައި މިހާރު ކުރިއަށްދާ 17 އަހަރުން ދަށުގެ ފިރިހެން ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލުގެ ފަހު މެޗުގައި 2-1 ގެ ނަތީޖާއަކުން މޮރޮކޯ ބަލިކޮށް ބްރެޒިލް މުބާރާތުގެ ސެމީފައިނަލުން ޖާގަ ހޯދައިފިއެވެ.

https://wamco.com.mv/

ބްރެޒިލް މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދީ ދެވަނަ ބުރުގައި ފްރާންސް އާއި ވާދަކުރި މެޗު 1-1 ގެ ނަތީޖާއަކުން އެއްވަރުވެ ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީގައި 2-1 ގެ ނަތީޖާއަކުން ފުރާންސް ބަލިކުރުމަށްފަހު އެވެ. އަދި މޮރޮކޯ ކުއާޓާ ފައިނަލުން ޖާގަ ހޯދީ ދެވަނަ ބުރުގައި ވާދަވެރި ކުޅުމަކަށްފަހު 3-2 ގެ ނަތީޖާއަކުން މާލީ ބަލިކުރުމަށްފަހު އެވެ.

މުޅި މެޗުގައި ވެސް މޮޅަށް ކުޅެ ބްރެޒިލް އިން މެޗު ޑޮމިނޭޓްކުރިއިރު އެޓީމުން މެޗުގެ ލީޑުހޯދީ ފުރަތަމަ ހާފުގެ 16 ވަނަ މިނެޓުގައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޑެލް އެވެ. އަދި މޮރޮކޯ އިން މެޗުގެ ނަތީޖާ އެއްވަރުކުރި ލަނޑު ފުރަތަމަ ހާފުގެ އިތުރުވަގުތުގެ ތެރޭގައި އެޓީމަށް ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ ޒިޔާދު ބަހާ އެވެ.

މިމެޗުން ބްރެޒިލް މޮޅުވި ލަނޑު ދެވަނަ ހާފުގެ އިތުރުވަގުތުގެ ތެރޭގައި ކާމިޔާބުކޮށްދިނީ ވެސް އެޓީމުގެ ފުރަތަމަ ލަނޑު ވެސް ކާމިޔާބުކޮށްދިން ޑެލް އެވެ. އަދި މިއީ މިމުބާރާތުގައި އޭނާ ކާމިޔާބުކުރި ފަސްވަނަ ލަނޑެވެ.

މުބާރާތުގެ ސެމީފައިނަލް ދެވަނަ މެޗުގައި މިމަހުގެ 24 ވަނަ ދުވަހުގެ ރޭ ރާއްޖެ ގަޑިން 21:00 ގައި ބްރެޒިލް އިން ނުކުންނާނީ ޕޯޗުގަލް އާއި ދެކޮޅަށެވެ. ޕޯޗުގަލް މުބާރާތުގެ ސެމީފައިނަލުން ޖާގަ ހޯދީ ކުއާޓާ ފައިނަލުގައި 2-0 ގެ ނަތީޖާއަކުން ސްވިޒަލޭންޑް ބަލިކުރުމަށްފަހު އެވެ. އަދި ސެމީފައިނަލުގެ ފުރަތަމަ މެޗުގައި މިމަހުގެ 24 ވަނަ ދުވަހުގެ ހަވީރު ރާއްޖެ ގަޑިން 18:30 ގައި އޮސްޓްރިއާ އިން ނުކުންނާނީ އިޓަލީ އާއި ދެކޮޅަށެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay