
ފުލުހުންގެ މައި އިދާރާ ޝަހީދު ޙުސައިން އާދަމް ބިލްޑިންގ
އާޓިފިޝަލް ބީޗު ސަރަހައްދުގައި ބަޔަކު މާރާމާރީ ހިންގައިފި

ޝާމާ ޝުޢައިބު - 06 ޑިސެމްބަރު 2024 - 16:58
އާޓިފިޝަލް ބީޗު ސަރަހައްދުގައި ބަޔަކު މާރާމާރީ ހިންގާފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
އެކަމާ ގުޅިގެން ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖުގައި ބުނީ މިއަދު އިރުއޮއްސި 06:22 ގައި އާޓިފިޝަލް ބީޗު ސަރަހައްދުގައި ބަޔަކު މާރާމާރީ ހިންގި މައްސަލައެއް ފުލުހުންނަށް ރިޕޯޓު ކޮށްފައިވާ ކަމަށެވެ.
މެސެޖުގައި ބުނީ މި މައްސަލައާ ގުޅިގެން އެއްވެސް މީހަކު ހައްޔަރު ކޮށްފައިނުވާ ކަމަށެވެ.
މި މައްސަލައާ ގުޅިގެން ބަލަން ޖެހޭ ކަންކަން ފުލުހުން ބަލަމުންދާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.
ފުލުހުން މިކަން ހާމަކޮށްފައިވާއިރު ސޯޝަލް މީޑިއާގައި ދައުރުވި ވީޑިއޯއިން ފެންނަ ގޮތުގައި އެ މާރާމާރީ ހިނގާފައިވަނީ ބިދޭސީންތަކެއްގެ މެދުގައެވެ.



.jpg&w=3840&q=75)


.gif&w=3840&q=75)