އޮމަދޫ ރައްޔިތުން އެދޭގޮތަށް ބަނދަރު ތަރައްގީކޮށްދޭނަން: ރައީސް

އައިމިނަތު ރޫޔާ - 15 ޑިސެމްބަރު 2024 - 12:34

ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒު އދ އޮމަދޫ ގެ ރައްޔިތުންނާއި ބައްދަލުކުރެއްވުން-- ފޮޓޯ: ރައީސް އޮފީސް
އދ.އޮމަދޫގެ ތަރައްގީއަށްޓަކައި ރައްޔިތުން އެދޭގޮތަށް، ރައްޔިތުންގެ އަޑު އަހައިގެން، ރައްޔިތުން ބޭނުނވާ ގޮތަށް އެރަށުގެ ބަނދަރު ތަރައްގީކޮށްދެްވާނެ ކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިފަދައިން ވިދާޅުވީ އެމަނިކުފާނު އަރިއަތޮޅަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން އެ އަތޮޅުގެ އޮމަދޫއަށް ކުރެއްވި ދަތުރުފުޅުގައި އެރަށުގެ ރައްޔިތުންނާ މުހާތަބުކުރައްވާ ވާހަކަފުޅު ދައްކަމުންނެވެ.
ރައީސް ވިދާޅުވީ ނިމިގެންދިޔަ އަހަރުގެ ތެރޭގައި، ބަނދަރުގެ މަސައްކަތް ނުފެށުނީ މިއަހަރަށް ފާސްކޮށްފައި އޮތް ބަޖެޓުގެ ތެރެއިން ޖާގަ ނެތުމުން ކަމަށެވެ.
ނަމަވެސް ފެށޭ އަހަރު ކަންކަން ތަފާތު ވާނެ ކަމަށާއި އޮމަދޫގެ ރައްޔިތުންގެ ކަންބޮޑުވުންތަކަށް ހައްލު ލިބިގެންދާ ގޮތަށް މަސައްކަތްތައް ކުރިއަށް ގެންދަވާނެ ކަމުގެ ޔަގީންކަން ދެއްވިއެވެ.
ރައީސް ވިދާޅުވީ ގިރާ ސަރަހައްދުގެ މައްސަލައިގައި ސޮއި ކުރެވިފައިވީ ނަމަވެސް، އެމަސައްކަތް އޮތީ ހުއްޓިފައި ކަމަށާއި، ބަނދަރުގެ މަސައްކަތް ކުރިއަށްދާއިރު، ގިރާ ސަރަހައްދުގެ މަޝްރޫއު ވެސް އެކުއެކީގައި ނިންމާލަދެއްވާނެ ކަމަށެވެ.
"މިއަންނަ އަހަރުގެ ބަޖެޓުގައި އާ މަޝްރޫތައް ހިންގުމަށް، ތަރުތީބުކޮށްފައި އޮތް ހަމައަށް ބަލާއިރުގައި ސިއްހީ ދާއިރާގެ ތަރައްގީއަށް އަދި ތައުލީމީ ދާއިރާގެ ތަރައްގީއަށް ކުރަންހުރި ކަންކަމަށް ވަރަށް ބޮޑަށް އިސްކަމެއް ދޭނަން. މިރަށުގައިވެސް ހަމަ އެގޮތަށް، ސިއްހީ މަރުކަޒުގެ ހާލަތު ވަރަށް ދަށްކޮށް އޮތީ، މި ބައްދަލުވުން ނިންމާލާފައި ސިއްހީ މަރުކަޒަށް ގޮސްލާނަން، އަދި މި ސްކޫލު މިއޮތީ އޮތް ހާލަތު. އަދި ސުކޫލަށް ބޭނުންވާ މަލްޓީޕާޕަސް ހޯލާއި ކްލާސްރޫމްތައް އަންނަ އަހަރު ހަދައިދޭނަން." ރައީސް
އެގޮތުން ސިއްހީ މަރުކަޒަށް ބޭނުންވާ އިތުރު ޖާގައާއި އިތުރު ވަސީލަތްތައް އަންނަ އަހަރު ހަމަކޮށްދޭނެކަމުގެ ޔަގީންކަން ރައީސް ވަނީ ދެއްވާފައެވެ.
ހަމައެއާއެކު، ރައީސް ވަނީ އޮމަދޫގެ އަންހެން ބޭފުޅުންނަށް ހޭންޑްބޯލް ކޯޓެއް އަޅުއްވައިދެއްވާނޭކަން އިއުލާން ކުރައްވާފައެވެ.
ރައީސް ވިދާޅުވީ އޮމަދޫގެ ކުނި މެނޭޖްކުރުމުގެ މައްސަލައަށް ވެސް ވަށާޖެހޭ ހައްލެއް ހޯއްދަވައިދެއްވާނެ ކަމަށެވެ. ރައީސް ވިދާޅުވީ މިއަންނަ އަހަރު ވެގެންދާނީ ނަތީޖާ ނެރުމުގެ އަމަލީ މަސައްކަތް ފެންނަ އަހަރަކަށް ކަމަށެވެ.
ރައީސް ވިދާޅުވީ އެމަނިކުފާނު ސިލްސިލާކޮށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން، ހަތަރު ރަށެއްގެ ކައުންސިލް ފިޔަވައި، އެހެން ހުރިހައި ކައުންސިލްތަކާއި ބައްދަލުކުރެވިއްޖެ ކަމަށާއި އަންނަ އަހަރުތެރޭގައި ހުރިހާ ރަށެއްގެ ރައްޔިތުންނަށް ވެސް ވެވައިގެންނެވި ވައުދުފުޅުތަކުގެ އަމަލީ މަސައްކަތް ފެށޭނެ ކަމަށެވެ. ރައީސް ވިދާޅުވީ އަންނަ އަހަރުގެ ނިޔަލަށް އެއްވެސް ރަށެއް ދޫކޮށްނުލާ، ނުދެވި ހުރިހާ ރަށަކަށް ވަޑައިގަންނަވާނެ ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު، އަރިއަތޮޅަށް ފުރައިވަޑައިގަތީ އިއްޔެގައެވެ. ރައީސްގެ މި ދަތުރުފުޅުގައި އެރަށްރަށުގެ ރައްޔިތުންގެ ހާލުއަހުވާލު ބައްލަވައި، ރައްޔިތުން އެންމެ އެދޭ ކަންކަން އޮޅުންފިލުއްވައި، ތަރައްގީގެ މަޝްރޫޢުތައް ތަރުތީބުކުރާނޭގޮތާއިމެދު ވަނީ މަޝްވަރާކުރައްވާފައެވެ.
ގުޅުން ހުރި ޙަބަރުތައް

ރައްޔިތުންގެ އިތުބާރު އަދިވެސް ޝަރުއީ ދާއިރާއަކަށް ނެތް
2 އަހަރު ކުރިން

ފުޓް ބޯޅައިގެ ހަޔާތުން ރެޔެއް - އުފަލާއި ހިތާމަ
2 އަހަރު ކުރިން

"ހަދިޔާ ދޭންޖެހޭ" ސަގާފަތް އުފެއްދީ މިދިޔަ ސަރުކާރުން - އެމްއާރުއެމް
2 އަހަރު ކުރިން

ބޭރުގެ އިންވެސްޓްމަންޓްތައް އިތުރުކުރަން ޤާނޫނީ ނިޒާމަށް އިސްލާހު ގެނެވިއްޖެ - ފައްޔާޒު
2 އަހަރު ކުރިން