logo

ޑިވެލޮޕްމެންޓް ބޭންކުން މާލީ އަދި ފަންނީ އެހީ ފޯރުކޮށްދިނުމަށް އިތުރު ފުރުސަތުތަކެއް ލިބިގެންދާނެ: މިނިސްޓަރު ސައީދު

profile

އައިމިނަތު ރޫޔާ - 17 ނޮވެމްބަރު 2024 - 15:01

އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު-- ރައީސް އޮފީސް

އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު-- ރައީސް އޮފީސް

ޑިވެލޮޕްމެންޓް ބޭންކުން މާލީ އަދި ފަންނީ އެހީ ފޯރުކޮށްދިނުމަށް އިތުރު ފުރުސަތުތަކެއް ލިބިގެންދާނެކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅިވެއްޖެއެވެ.

މިނިސްޓަރު މިފަދައިން ވިދާޅުވީ ތަރައްޤީގެ މަޝްރޫއުތަކަށް ބޭނުންވާ ފައިސާ ފަހިކޮށްދޭނެ މޯލްޑިވްސް ޑިވެލޮޕްމަންޓް ބޭންކު އިފްތިތާޙްކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުު ދައްކަވަމުންނެވެ.

މިނިސްޓްރު ވިދާޅުވީ ޑިވެލޮޕްމެންޓް ބޭންުކުން އިކުއިޓީ ފައިނޭންސް، އަދި ރިސްކް އިންޝޫރެންސް ލިބޭނެ ކަމަށާއި މި ބޭންކަކީ ރައްޔިތުންނަށް އަދި 2040 ވަނަ އަހަރުގެ ނިޔަލަށް ގައުމުގައި ރާއްޖެ ތަރައްގީ ގަަައުމަކަށް ބަދަލުކުރުމުގައި ރައީސްގެ ބަޔާންކޮށްފައިވާ ތަސައްވުރު ހަގީގަތަކަށް ހެދުމަށްޓަކައި ފަރުވާތެރިކަމާއެކު ފަރުމާކޮށްފައިވާ ބަދަލެއް ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ 52 ހަފްތާގެ ފާއިތުވަމުންދާއިރު، މި މަސައްކަތަކީ މި ދައުރުގެ އިޤްތިޞާދީ ދަތުރުގައި ފާހަގަކޮށްލެވޭ މުހިއްމު މަސައްކަތެއް ކަމަށެވެ.

ހަމަައެއާއކު މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ އަލަށް އިފްތިތާހްކޮށްދެއްވި ޑިވެލޮޕްމެންޓް ބޭންކު މުއައްސަސާގެ ސަބަބުން އިގްތިސާދީ، އިޖްތިމާއީ ތަރައްގީ ކުރިއަރައިދިއުމަށް ފަހި ފުރުސަތުތަކެއް ލިބިގެންދާނެ ކަމަށެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ ޑިވެލޮޕްމެންޓް ބޭންކު އިފްތިތާޙްކުރުމުން ދޭހަކޮށްދެނީ ދެމެހެއްޓެނިވި ތަނަވަސް ގައުމަކަށް ރާއްޖެ ހެދުމަށްޓަކައި އަދި ޖީލުތަކަށް ތަރައްގީ ފޯރުކޮށްދިނުމަށް ރައީސް ޑރ މުއިއްޒުގެ ތަޞައްވަރު ކަމަށެވެ،

" މިއަދު އަޅުގަނޑުމެން އިފްތިތާޙް ކުރަމުންދާ މޯލްޑިވްސްގެ ޑިވެލޮޕްމަންޓް ބޭންކަކީ، އެއްދުވަހަކު ރާއްޖޭގެ މުސްތަޤްބަލުގެ ތަރައްޤީއަށް އެހީތެރިވެދޭ ވަސީލަތެއްގެ ގޮތުގައި ފާހަގަކުރެވޭނެ ކަން ޔަގީން." މިނިސްޓަރު ވިދާޅުވިއެވެ.

މިކަމަށްޓަކައި މިނިސްޓަރު ވަނީ ރައީސް ޑރ މުހައްމަދު މުއިއްޒު އަށް ޝުކުރު ދަންނަވާފައެވެ.

ރާއްޖޭގައި އިންވެސްޓްމަންޓް ބޭންކެއް ޤާއިމުކުރެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅެކެވެ.

https://wamco.com.mv/
tel:+9607331319