logo

މުވައްޒަފެއްގެ ޒާތީ މައުލޫމާތު ލީކްވި މައްސަލައެއް އެމްއެމްއޭގެ އިންޓާނަލް އޮޑިޓުން ބަލަނީ

profile

ޒިދާން މުޙައްމަދު - 21 ނޮވެމްބަރު 2024 - 23:15

އެމްއެމްއޭ

އެމްއެމްއޭ

ދިވެހިރާއްޖޭގެ މަރުކަޒީ ބޭންކު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ މުވައްޒަފެއްގެ ޒާތީ މައުލޫމާތުތަކެއް އިޖުތިމާޢީ މީޑިއާގައި ލީކުވި މައްސަލައެއް ބަލަމުން އަންނަ ކަމަށް އެ އޮތޯރިޓީން ބުނެފިއެވެ.

އެމްއެމްއޭގެ އިސް މުވައްޒަފެއްގެ ވަޒީފާއާ ގުޅޭ އަދި އެ ނޫންވެސް ޒާތީ މައުލޫމާތުތަކެއް މި ހަފުތާގެ ތެރޭގައި ސޯޝަލް މީޑިއާގައި ވަނީ ލީކުވެފައެވެ.

މިމައްސަލާގައި އެމްއެމްއޭގެ އިންޓާނަލް އޮޑިޓުން އަންނަނީ ތަހުގީގެއް ހިންގަމުންނެވެ. އެ މައްސަލަ ބަލަމުން އަންނަ ކަމަށް އެ އޮތޯރިޓީން ބުނިއިރު މުވައްޒަފުންގެ ޒާތީ މައުލޫމާތަކީ އެ އޮތޯރިޓީން ރައްކާތެރިކުރަން ބޭނުންވާ މައުލޫމާތު ކަމަށް ވެސް ވަނީ ބުނެފައެވެ.

މައްސަލައިގެ ބާވަތުން، ބައެއް ކަންކަމުގައި މޯލްޑިވްސް ޕޮލިސް ސާވިސްގެ ފަންނީ އެހީތެރިކަން ހޯދާފައިވާ ކަމަށްވެސް އެ އޮތޯރިޓީން ބުނެއެވެ.

https://wamco.com.mv/
tel:+9607331319