logo

ފައިސާ ހަމަޖެހުމުން ނޫނީ މަޝްރޫއުތައް ނުފަށަން ގަވަރުނަރު އެދިވަޑައިގެންފި

profile

މަރްޔަމް އުމްނާ އިސްމާޢީލް - 15 ނޮވެމްބަރު 2024 - 09:59

ގަވަރުނަރު އަހުމަދު މުނައްވަރު

ގަވަރުނަރު އަހުމަދު މުނައްވަރު

މަޝްރޫއުތައް ނުހުއްޓި ކުރިއަށްގެންދެވޭނެކަން ކަށަވަރުކުރުމަށްޓަކައި، އެ މަޝްރޫއެއް ފެށުމުގެ ކުރިން ބޭރުގެ ފައިނޭންސިން ހޯދުމަށް މަރުކަޒީ ބޭންކް، އެމްއެމްއޭގެ އަހުމަދު މުނައްވަރު އެދިވަޑައިގެންފިއެވެ.

ގަވަރުނަރު މިގޮތަށް އެދިވަޑައިގެންނެވީ ކުރިއަށް އޮތް 2025 ވަނަ އަހަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓުގެ މަޝްވަރާއަށް ބަޖެޓު ދިރާސާކުރާ ކޮމިޓީއަށް ވަޑައިގެން ވާހަކފުޅު ދައްކަވަމުންނެވެ.

ދައުލަތަށް ލިބޭ އާމްދަނީ އާއި ހަރަދުތައް އެއްކޮށްލުމުން އޭގެ 97% ހޭދަވަނީ ރިކަރަންޓު ހަރަދުތަކަށްކަން ފާހަގަކުރައްވަމުން ގަވަރުނަރު ވިދާޅުވީ ބާކި އިން 3% އަކީ ޕީއެސްއައިޕީ ނުވަތަ ކެޕިޓަލް ހަރަދުތައް ކަމަށެވެ.

ގިނަ މަޝްރުއުތައް ހިންގަންޖެހޭނީ ބޭރުގެ ފަރާތްތަކުން ލޯނު ނަގައިގެން ކަމަށްވާއިރު، ގަވަރުނަރު ވަނީ އެ ފައިސާ ހޯދައިގެންނޫނީ މަޝްރޫއުތައް ނުފަށަން އިލްތިމާސް ކުރައްވާފައެވެ.

" އެހެންނޫނިއްޔާ ވާނެ ގޮތަކީ މިދިޔަ ސަރުކާރުގެ 5 އަހަރުގެ ތެރޭގައި ވީގޮތަށް އެތައް 100 ޕްރޮޖެކްޓުތަކެއް ފެށިފަ އެބަހުރި. އެހެންނަމަވެސް ޕްރޮޖެކްޓުތަކަށް މަސައްކަތް ފަށާއިރު ބޭނުންވާނެ އެޑްވާންސްއާއި އެއްޗެއްސާ ހެދި ހުއްޓިފަ އެ ހުންނަނީ. އެހެންމަ އެކަން ނުހުއްޓިދާނީ، އެއަށް ބޭނުންވާނެ ފައިސާ، ހާއްސަގޮތެއްގައި ފޮރިން ފައިނޭންސިން މުހިއްމޭ" ގަވަރުނަރު

2025 ގެ ބަޖެޓު ސަޕޯޓަށް ބެނުންވާ ފައިސާ ބޭރުން ހޯދަން ދަތިވާނެކަން ވެސް ގަވަރުނަރު ފާހަގަކުރެއްވިއެވެ. ސަބަބެއްގެ ގޮތުގައި ފާހަގަކުރެއްވީ، ރާއްޖޭގެ އިގްތިސާދަށް އައި ހީނަރުކަމާ އެކު ކްރެޑިޓް ރޭޓިން ދަށްކުރުމެވެ.

https://int.etukuri.mv/
tel:+9607331319