logo

މުދަލު ޒަކާތުގެ ނިޞާބަށް ދިވެހި ރުފިޔާއިން ޖެހޭ މިންވަރަށް ބަދަލުތަކެއް

profile

އައިޝަތު އިނާޝާ - 14 އޮކްޓޯބަރު 2024 - 12:31

ޒަކާތް ބަލައިގަންނަނީ

ޒަކާތް ބަލައިގަންނަނީ

މުދަލު ޒަކާތުގެ ނިޞާބަށް ދިވެހި ރުފިޔާއިން ޖެހޭ މިންވަރަށް ބަދަލު އަތުވެއްޖެއެވެ.

10 އޮކްޓޫބަރ 2024 ވަނަ ދުވަހުން ފެށިގެން މުދަލު ޒަކާތުގެ ނިޞާބުގެ މިންވަރަކީ 9240.35 ދިވެހި ރުފިޔާއެވެ.

އިސްލާމިކް މިނިސްޓްރީން ބުނިގޮތުގައި ނިޞާބަށް ބަދަލު ގެންނަނީ ދުނިޔޭގެ ބާޒާރުގައި ރަންރިހީގެ އަގަށް އަންނަ ބަދަލާ ގުޅިގެންނެވެ. އަދި މުދަލު ޒަކާތުގެ ނިޞާބުގެ މިންވަރު ކަނޑައެޅުމުގައި ފައިސާ ރިހިން އަގުކުރުމަކީ ރާއްޖެ ފަދަ ކުދި ޤައުތަކުގައި ފަޤީރުންނަށް އެންމެ ފައިދާ ބޮޑު ގޮތް ކަމުގައި ޢިލްމުވެރިން ވިދާޅުވާ ކަމަށް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.

މުދަލު ޒަކާތަކީ އިސްލާމްދީނުގެ ރުކުނަކަށްވާއިރު، އެމީހެއްގެ މިލްކިއްޔާތުގައި ނިޞާބުހަމަވާ މިންވަރަށް ފައިސާ ހުރެ، އެ ފައިސާ ހުންނަތާ ހިޖްރީ 01 އަހަރުވުމުން، ޝަރްޢީ ހަމަތަކާ އެއްގޮތަށް އޭގެ ސާޅީސްބައި ކުޅަ އެއްބައި (2.5%) ނެރެން ޖެހެއެވެ.

މުދަލު ޒަކާތް ބަލައިގަންނާނީ މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) މެދުވެރިކޮންނެވެ.

https://wamco.com.mv/
tel:+9607331319