logo

މެލޭޝިޔާގެ ބައިނަލްއަޤުވާމީ ޤުރުއާން މުބާރާތުން ތިން ވަނަ ރާއްޖޭގެ ދަރިވަރަކަށް!

profile

އައިޝަތު އިނާޝާ - 13 އޮކްޓޯބަރު 2024 - 20:27

ފޮޓޯ: އިސްލާމިކް މިނިސްޓްރީ

ފޮޓޯ: އިސްލާމިކް މިނިސްޓްރީ

މެލޭޝިއާގައި އިއްޔެ ނިމުނު 64 ވަނަ މެލޭޝިއަން އިންޓަނޭޝަނަލް އަލްޤުރުއާން ރިސައިޓޭޝަން އެންޑް މެމޮރައިޒޭޝަން އެސެމްބްލީ މުބާރާތުގައި ރާއްޖެ ތަމްސީލްކުރި ދަރިވަރު ފާތިމަތު ޝާޔާ ޒާހިރަށް މުޅި މުބާރާތުން ތިން ވަނަ ލިބިއްޖެއެވެ.

މި މަހުގެ 5 ވަނަ ދުވަހުން ފެށިގެން އިއްޔެގެ ނިޔަލަށް ކުރިއަށްދިޔަ މި މުބާރާތުގައި 52 ގައުމަކުން 76 ބައިވެރިން ވަނީ ވާދަކޮށްފައެވެ. ޝާޔާއަކީ އިސްކަންދަރު ސްކޫލުގައި ތަޢުލީމު ހާސިލްކުރަމުންދާ ދަރިވަރެކެވެ. ޝާޔާ ޤުރުއާން ހިތުދަސްކުރައްވާފައިވަނީ އުމުރުން އެންމެ 10 އަހަރުގައެވެ.

ޝާޔާ ހޯދި ކާމިޔާބީއަށް އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވަނީ މަރުހަބާ ދަންނަވާފައެވެ.

https://int.etukuri.mv/
tel:+9607331319