logo

"ރައްކާ" ޕްރޮގްރާމަށް 10 އަހަރު ފުރުން ފާހަގަކޮށްފި

profile

ޒިދާން މުޙައްމަދު - 11 އޯގަސްޓު 2024 - 10:31

"ރައްކާ" ޕްރޮގްރާމަށް 10 އަހަރު ފުރުން ފާހަގަކޮށްފިއެވެ.

"ރައްކާ" ޕްރޮގްރާމަށް 10 އަހަރު ފުރުން ފާހަގަކުރުމަށް ރޭ ފުވައްމުލައްސިޓީގެ ފުވައްމުލަކު ސްކޫލުގައި ބޭއްވި ހަފުލާ ޝަޜަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފެވެ.

"ރައްކާ" އަކީ 2014 ވަނަ އަހަރުން ފެށިގެން ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ރައްޔިތުން ހޭލުންތެރިކުރުވުމަށް ހިންގަމުން އަންނަ ޕްރޮގްރާމެކެވެ. ދިވެހި ފުލުހުންގެ ޚިދުމަތާއި ސަރުކާރު ހިއްސާވާ ކުންފުނިތަކާއި އަމިއްލަ ވިޔަފާރި ކުންފުނިތައް ގުޅިގެން މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރިޔަށްގެންދާ ރައްކާ ރޯޑް ޝޯވ 2024 ކުރިޔަށްގެންދަނީ ފުވައްމުލައްސިޓީގައެވެ.

މި ޕްރޮގްރާމް ފުވައްމުލަކުގައި ކުރިޔަށްގެންދަނީ ދެ ބަޔަކަށް ބަހާލައިގެންނެވެ. އެގޮތުން މި އޮގަސްޓް މަހުގެ 03 އިން 08 އަށް ކުރިއަށް ގެންގޮސްފައި ވަނީ ސަތޭކަ ވަނަ ސްކޫލް ޓްރެފިކް މޮނިޓަރސް ޕްރޮގްރާމެވެ. ޕްރޮގްރާމުގެ ދެވަނަ ބައިގައި ހިމެނޭ މަގުމަތީގެ ސަލާމަތާ ރައްކާތެރިކަމާ ގުޅޭ ޕްރޮގްރާމުތައް ކުރިޔަށްގެންދިއުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 10އިން 17 އަށެވެ.

ރޭގެ ހަފުލާގައި، ރައްކާ ކުރިޔަށްގެންދިއުމުގައި އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެއްވި ފަރާތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ހަނދާނީ ފިލާ އެފަރާތްތަކާ ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބެވެ.

tel:+9607331319