logo

ގައުމިއްޔަތު އުނގަންނައިދޭން ޒަމާނީ ވަސީލަތްތައް ބޭނުންކުރަންޖެހޭ: ނައިބު ރައީސް

profile

މަރްޔަމް އުމްނާ އިސްމާޢީލް - 07 ސެޕްޓެމްބަރު 2024 - 21:42

ގައުމީ ދުވަހުގެ ޖަލްސާގައި ނައިބު ރައީސް ވާހަކަފުޅު ދައްކަވަނީ (ފޮޓޯ/ ރައީސް އޮފީސް)

ގައުމީ ދުވަހުގެ ޖަލްސާގައި ނައިބު ރައީސް ވާހަކަފުޅު ދައްކަވަނީ (ފޮޓޯ/ ރައީސް އޮފީސް)

ގައުމުގެ މުސްތަގުބަލަށްޓަކައި ދަރިންނަށް ގައުމިއްޔަތު އުނގަންނައިދީ އަހުލުވެރިކުރުވުމުގައި ޒަމާނީ ވަސީލަތްތައް ބޭނުންކުރަން ޖެހޭ ކަމަށް ރައިސުލްޖުމްހޫރިއްޔާގެ ނައިބު ހުސެއިން މުހައްމަދު ލަތީފް ވިދާޅުވެއްޖެއެވެ.

އަތޮޅު ފެންވަރުގައި ގައުމީ ދުވަސް ފާހަގަކުރުމަށް ށ. މާއުނގޫދޫގައި ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ވިދާޅުވީ، ދިވެހި ދަރިންނަށް ދިވެއްސަކަށް ވީތީ ފަހުރުވެރިވާން ދަސްކޮށްދޭންޖެހޭ ކަމަށެވެ. އަދި ދިވެހިބަހުން ރީތިކޮށް ވާހަކަދައްކައި ލިޔެކިޔުމަކީ އުފާވެރި ފަހުރުވެރިކަމެއްކަން ވިސްނައިދިނުމަށް ވެސް އެމަނިކުފާނުގެ ވާހަކަފުޅުގައި ބާރު އެޅުއްވިއެވެ.

ސަރުކާރުން، ހާއްސަކޮށް ރައީސުލްޖުމްހޫރިއްޔާ ގެންގުޅުއްވާ ދިވެހީންނަށް އެންމެ އިސްކަން ދިނުމުގެ ސިޔާސަތު، ނުވަތަ "ޕްރޯ މޯލްޑިވްސް" ސިޔާސަތު ދެމެހެއްޓެވުމަށް އެމަނިކުފާނު ކުރައްވާ މަސައްކަތްޕުޅަށް އަލިއަޅުވާލައްވަމުން ނައިބު ރައީސް ވިދާޅުވީ، ރައީސްގެ ގައުމީ އެޖެންޑާގެ އަމާޒަކީ، ޑްރަގްގެ ވަބާއިން ގައުމު ސަލާމަތްކޮށް، ގޭންގް ކުށްތަކާ ގާނޫނު މުގުރުމަށް އެއްވެސް ފުރުސަތެއް ނުދެއްވުން ކަމަށެވެ.

މީގެ އިތުރުން، ގައުމުގައި އަމާންކަމާއި ސުލްޙަމަސަލަސްކަން ޔަގީންކޮށް، ރާއްޖެއަށް އާމްދަނީ ލިބޭނެ އިތުރު ގިނަ ސިނާއަތްތައް ތައާރަފްކޮށް. އަމިއްލަ ފައިމައްޗަށް ތެދުވެތިބި ފުދުންތެރި ރައްޔިތަކު ދިރިއުޅޭ ދައުލަތެއް ބިނާކުރުމަކީ ވެސް ރައީސްގެ އަމާޒެއްކަން ފާހަގަކުރެއްވިއެވެ.

މި ޖަލްސާގައި ނައިބު ރައީސް ވަނީ ށ. އަތޮޅުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ތެރެއިން އެންމެ ހިންގުންތެރި ކޮމިޓީތަކަށްދޭ "މާރެސް" އެވޯޑް ހަވާލު ކޮށްދެއްވާފައެވެ.

tel:+9607331319