logo

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް މިރޭ

profile

އަހުމަދު ޒަލީފު - 01 މޭ 2024 - 14:59

އެމްޑީޕީގެ ޤައުމީ މަޖިލީހުގެ ބައްދަލުވުމެއްގެ ތެރެއިން

އެމްޑީޕީގެ ޤައުމީ މަޖިލީހުގެ ބައްދަލުވުމެއްގެ ތެރެއިން

މިދިޔަ މަހު ބޭއްވި މަޖިލިސް އިންތިހާބަށް ފަހު ސިޔާސީ ހަރަކާތްތައް އެއްކޮށްހެން ހުއްޓިފައި އޮތް ރާއްޖޭގެ އެންމެ ބޮޑު ޕާޓީ، އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއް ބާއްވަން ތައްޔާރުވެއްޖެ އެވެ.

އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާޢީލް ރޭ މީޑިއާއަކުން ގެނެސްދިން ޕްރޮގްރާމެއްގައި ވިދާޅުވީ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބުދަ ދުވަހުގެ ރޭ (މިރޭ) ބާއްވަން ނިންމާފައިވާ ކަމަށެވެ. ނަމަވެސް ބައްދަލުވުމާ ގުޅޭ އިތުރު މާ ބޮޑު ތަފުސީލެއް ނުދެއްވަ އެވެ.

މިދިޔަ މަހުގެ 21 ގައި ބޭއްވި 20 ވަނަ މަޖިލިސް އިންތިހާބުގައި އެމްޑީޕީ އަށް ލިބުނީ އެންމެ 12 ގޮނޑި އެވެ. ޖުމްލަ 93 ދާއިރާ ހިމެނޭ މަޖިލީހުން އެހާ މަދު އަދަދެއްގެ ގޮނޑި ލިބުމާ ގުޅިގެން ފައްޔާޒު ވިދާޅުވެފައި ވަނީ އެއީ ވަރަށް ބޮޑު މާޔޫސްކަމެއް ގެނެސްދިން ނަތީޖާއެއް ކަމަށެވެ.

ނަމަވެސް ސަރުކާރު ޖަވާބުދާރީ ކުރުމުގައި އެމްޑީޕީ ސާބިތުކަމާ އެކީ ދެމިއޮންނާނެ ކަމަށް ވިދާޅުވެފައިވެ އެވެ. މަޖިލިސް އިންތިހާބަކީ މިދިޔަ އަހަރު ބޭއްވި ރިޔާސީ އިންތިހާބަށް ފަހު. އެމްޑީޕީ އަށް ކުރިމަތިލާން ޖެހުނު ވަރަށް ބޮޑު ނާކާމިޔާބީއެއް ކުރިމަތިވި އިންތިހާބެކެވެ.

https://int.etukuri.mv/
tel:+9607331319