logo

ޚާއްޞަ ބައްދަލުވުމަކަށް އެމްޑީޕީ ޤައުމީ މަޖިލިސް އުކުޅަހަށް!

profile

އަހުމަދު ޒަލީފު - 23 ނޮވެމްބަރު 2023 - 15:16

އެމްޑީޕީ ޤައުމީ މަޖިލީހުގެ ބައްދަލުވުމަކަށް އުކުޅަހަށް މެމްބަރުން ވަޑައިގެންފައި

އެމްޑީޕީ ޤައުމީ މަޖިލީހުގެ ބައްދަލުވުމަކަށް އުކުޅަހަށް މެމްބަރުން ވަޑައިގެންފައި

އެމްޑީޕީ ގައުމީ މަޖިލީހުގެ ހާއްސަ ބައްދަލުވުމެއް އއ. އުކުޅަހުގައި ފަށައިފިއެވެ.

އެ ބައްދަލުވުމަށް އެމްޑީޕީގެ ގައުމީ މަޖިލީހުގެ ގިނަ މެންބަރުންތަކެއް މިއަދު މެންދުރު ފަހުގެ ވަގުތެއްގައި ވަނީ އުކުޅަހަށް ވަޑައިގެންފައެވެ. އޭގެ ތެރޭގައި ޗެއާޕާސަން ފައްޔާޒު އިސްމާއީލްއާއި ރައްޔިތުން މަޖިލީހުގެ ރައީސް އަސްލަމާއި ޕީޖީ ލީޑަރު އަލިފުށީ ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުސައިން ވަނީ ވަޑައިގެންފައެވެ.

ގައުމީ މަޖިލީހުގެ ބައްދަލުވުން ފަށާފައިވަނީ މިއަދު މެންދުރު 13:00 ގައެވެ. އަދި އެ ބައްދަލުވުން 15:15 އާއި ހަމައަށް ކުރިއަށްދާނެއެވެ. އެއަށް ފަހު ދެން ބައްދަލުވުން އޮތީ 3:30 ގައެވެ. އަދި މިރޭ 8:30 ގައި ވެސް ގައުމީ މަޖިލިސްގެ ބައްދަލުވުމެއް އެބައޮތެވެ

ނިމިދިޔަ ރިޔާސީ އިންތިހާބުން ބަލިވުމަށް ފަހު އެމްޑީޕީ ރުކުރުވާލުމުގެ މަސައްކަތް އެ ޕާޓީން މިހާރު ވަނީ ފަށައިފައެވެ. އެމްޑީޕީގެ ބާނީ ކުރީގެ ރައީސް މުހައްމަދު ނަޝީދު އެ ޕާޓީގެ ރައީސް ކަމުން އިސްތިއުފާދެއްވައި ދަ ޑިމޮކްރެޓްސްއާއި ގުޅިވަޑައިގަތުމާއިއެކު އެމްޑީޕީ ވަރަށް ބޮޑަށް ރޫޅިގެން ދިޔައެވެ. އެ ޕާޓީގެ ރައީސް ކަމާއި ގައުމީ މަޖިލީހުގެ ގިނަ މަގާމުތަކެއް ވަނީ ހުސްވެފައެވެ. އެ މަގާމުތަކަށް މީހުން އިންތިހާބު ކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފެށުމަށް ހަމަޖެހިފައިވާ ކަމަށް އެމްޑީޕީން ބުނެއެވެ.

https://int.etukuri.mv/
tel:+9607331319