logo

އީދު ބަންދު ނިމެންދެން މަޖިލިސް ބަންދު

profile

ޝުރުފާ މުހައްމަދު - 02 އޭޕްރީލު 2024 - 16:17

ރައްޔިތުންގެ މަޖިލިސް

ރައްޔިތުންގެ މަޖިލިސް

ރަމަޟާން މަސް ނިމި، ފިތުރު އީދުގެ ބަންދު ދުވަސްތައް ނިމެންދެން މަޖިލިސް ޖަލްސާތައް ނުބާއްވަން ނިންމައިފިއެވެ.

މަޖިލީހުން މިގޮތަށް ނިންމި އިރު، ރަމަޟާން މަހުގެ ފަހު 10 ގައި، ސަރުކާރު ބަންދުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހަންމަދު މުއިއްޒު ވެސް ވަނީ ނިންމަވާފައިއެވެ. އަދި އެ ދުވަސްތަކުގައި ސަރުކާރު މުވައްޒަފުންގެ ތެރެއިން ވަޒީފާ އަށް ނިކުންނަން ޖެހޭ މުވައްޒަފުންނަށް ޚާއްސަ އިނާޔަތެއް ދިނުމަށް ވެސް ވަނީ ނިންމާފައެވެ.

އިއްޔެގެ ޖަލްސާ ނިންމަވާލައްވަމުން މަޖިލިސް ބަންދުވާނެ ކަން، މަޖިލީހުގެ ރައީސް މުހަންމަދު އަސްލަމް ވަނީ އިއުލާންކުރައްވާފައެވެ. އަސްލަމް ވިދާޅުވީ މިގޮތަށް ނިންމާފައި ވަނީ ސަރުކާރު ބަންދުކޮށްފައިވާތީ ކަމަށެވެ. އެގޮތުން މަޖިލިސް ޖަލްސާތައް އަބަދުވެސް ބާއްވަނީ ސަރުކާރު ބަންދުނޫން ދުވަސްތަކުގައި ކަމަށާއި، ރައްޔިތުންގެ މަޖިލީހުގެ މުވައްޒަފުންގެ ގަވާއިދުގެ ވެސް މަސައްކަތު ގަޑި އޮންނަނީ ސަރުކާރުގެ މަސައްކަތުގެ ގަޑި އާއި އެއް ގޮތަށް ކަމަށެވެ.

ރަމަޟާން މަހުގެ ބާކީ އޮތް ދުވަސްތަކާއި، ފިތުރު އީދު ދެ ދުވަސް ނިމެންދެން މަޖިލީހުގެ ޖަލްސާތައް މެދުކަނޑާލަން ނިންމައި އެކަން އިއުލާންކުރި ނަމަވެސް، މަޖިލީހުގެ ޖަލްސާއެއް ދެން ބާއްވާނެ ދުވަހެއް އަދި އަންގާފައެއް ނުވެއެވެ.

https://wamco.com.mv/
tel:+9607331319